ސޮނީ ޓީވީގެ އިންޑިއަލް އައިޑަލްގެ 12 ވަަނަ ސީޒަންއަކީ އެންމެ ދިގު މުއްދަތަކަށް ކުރިއަށް ގެންދިޔަ އަދި ގިނަ ހައިޖާންތަކެއް އުފެދުނު ނަމަވެސް މިހާތަނަން ގެނެސްދިން އެންމެ މަގުބޫލް އެއް ސީޒަން އެވެ.

އެތައް ސަބަބަކާހެދި ފަލަ ސުރުހީއަށް މި ޝޯ އަރާފައިވާއިރު މިކަމުގެ ސަބަބުން ޝޯގެ ޓީއާރުޕީއަށް ވަރަށް ބޮޑަށް އިތުރުވެގެން ދިޔަކަން ފާހަގަ ކޮށްލެވެ އެވެ.

އިންޑިއަން އައިޑަލްގެ 12 ވަނަ ސީޒަން ހަ މަސް ދުވަހަށް ކުރިއަށްދިޔަ އިރު މިމަހު މިޝޯ ވަނީ ނިންމާލުމަށް ހިފައިފަ އެވެ.

ބާރަ ވަނަ ސީޒަންގެ ފައިނަލުގައި ވާދަކުރާ ހަތް ބައިވެރިން ހޮވިފައިވާއިރު ގިނަ އަދަދެއްގެ ލެޖެންޑަރީ ލަވަ ކިޔުންތެރިން ވަނީ ބައިވެރިވެފަ އެވެ. އަދި ޖަޖުންގެ ޕެނަލުގައި ބައިވެރިވި ފަރާތްތައް ވެސް ބަދަލުތަކެއް އައިސްފައިވާއިރު، ޝޯގެ ހޯސްޓަށް ވެސް ބަދަލުތަކެއް އައިސްފައިވެ އެވެ. އެގޮތުން ޖަޖުން ގޮތުގައި ވިޝާލް ދަދްލާނީ އާއި ނޭހާ ކައްކަރާއި ހިމޭޝް ރޭޝަމިއާ އެވެ.

ހިމޭޝް ޝޯގެ ޖަޖުންގެ ޕެނަލާ ގުޅުނީ އަނޫ ވަކިކުރަން ޖެހުމުން ކަމަށް ވިޔަސް، ވިޝާލާއި ނޭހާ މިހާރު ޝޯ ޖަޖުންގެ ގޮތުގައި އެކީގައި މަސައްކަތްކުރާތާ މިހާރު މިއީ ތިން ވަނަ އަހަރެވެ. ނީހާގެ ބަދަލުގައި އޭނާގެ ދައްތަ ސޯނޫ ކައްކަރު ވެސް ޖަޖުންގެ ޕެނަލުގައި ވަނީ ފެނިފަ އެވެ. އަދި ވިޝާލްގެ ބަދަލުގައި މިހާރު ޖަޖުންގެ ޕެނަލުގައި ފެނިގެންދަނީ އަނޫ މަލިކު އެވެ.

ގިނަ އަަދަދެއްގެ ލެޖެންޑަރީ ލަވަކިޔުންތެރިންނާ މިޔުޒިކީ ފަންނާނުންތަކެއް ޝޯގެ މެހެމާނުންގެ ގޮތުގައި ގެނެސްދީފައިވާއިރު މިފަހަރު ޝޯގެ މެހެމާނެއް ގޮތުގައި އަންނަނީ އާޝާ ބޯސްލޭ އެވެ. ސުރޫ ކެ ސަރްތާޖްގެ ނަމުން މިއުޒިކް ދުނިޔޭގައި މަޝްހޫރުވެފައިވާ އާޝާ ބޯޯސްލޭއަކީ ޝޯ ގަވައިދުން ބަލާ ފަންނާނެކެވެ.