ނެގަޓިވް ޕީސީއާރް ޓެސްޓާއެކު ކުޑަކުދިންނަށް ވެސް ކަރަންޓީނު ނުވެ ރަށް ރަށަށް ދެވޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެކްސިންގެ ޑޯޒް ފުރިހަމަކޮށް 14 ދުވަސްވެފައިވާ ފަރާތްތަކަށް ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކު މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށަށް ދަތުރުކުރެވޭނެ ކަމަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލުއިތައް އިއުލާންކުރި އިރު، ކުޑަކުދިންނަށް އެ ލުއި ދީފައެއްނުވެ އެވެ. އެކަމުގެ ސަބަބުން ގިނަ ބަޔަކު ދިޔައީ ކަންބޮޑުވުންތަކާއެކު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެއަށްފަހު ދެން ފެނިގެން މިދިޔައީ ނެގަޓިވް ޕީސީއާރް ޓެސްޓާ އެކު ކަރަންޓީނު ނުވެ ކުޑަކުދިންނަށް ރަށް ރަށަށް ދެވޭނެ ގޮތް ހަމަޖެއްސި މަންޒަރެވެ.
މާލެ ސަރަހައްދުން ރަށްރަށަށް ދަތުރު ކުރެވޭނީ މާލޭގެ ކޮވިޑް ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ ދަށުގައި ހުރި ނަމަ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އެޗްޕީއޭ އިން ބުނީ ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓާ 10 ޕަސެންޓާ ދޭތެރޭގައި ހުރިނަމަ މާލެއިން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން ހަތް ދުވަހުގެ ކަރަންޓީނެއް ފުރިހަމަކޮށް، ކޮވިޑް ޓެސްޓް ހަދަންޖެހެ އެވެ.
މާލޭގެ ޕޮޒިޓިވިޓީ ރޭޓް 10 ޕަސެންޓަށްވުރެ މަތިނަމަ 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކޮށް ކޮވިޑް ޓެސްޓް ހަދަންޖެހެ އެވެ.
"ލާހޯރް 1947"ގެ ނަން ބަދަލު ކުރަނީ!
އެއްބަސްވުމަކަށް ނައިސްފިނަމަ އީރާން ގޮއްވާލާނެ ކަމުގެ އިންޒާރު
ގުދުރަތީ މާހައުލެއްގައި ދުވާލަކު 20 މިނެޓު ހޭދަކުރޭ!
