ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި ނުގޮވައި އޮތް އެއްޗެއް ފެނުނު ކަމަށް އެކަމާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވާލި އިންކުއަރީ ރިޕޯޓުގައި ބުނެފި އެވެ.
މަޖިލީހުން އާންމުކޮށްފައިވާ އެ ރިޕޯޓުގައި ބުނެފައި ވަނީ ނުގޮވައި އޮތް އެއްޗެއް ފެނުނީ ނަޝީދުގެ ކާރުކޮޅުގެ ދަށުން ކަމަށެވެ. އެމަނިކުފާނުގެ ކާރުކޮޅުގެ ދަށުން ދެ އިންޗި ނުވަތަ ތިން އިންޗިގެ ޕްލާސްޓިކު ގަނޑެއް ކަމަށް ބެލެވޭ އެއްޗެއް ފެނުނީ ފުލުހުންގެ ސާޗް ޓީމުން ގޮސް ބެލިބެލުމުން ކަމަށް އެ ރިޕޯޓުގައިވެ އެވެ.
ފެނިފައިވާ އެއްޗަކީ ގޮއްވާލި އައިއީޑީގެ އެތެރޭގައި ހިމެނޭ އޮބްޖެކްޓެއް ކަމަށް ފުލުހުންނަށް ގަބޫލުކުރެވޭ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.
އެކަމާ ގުޅިގެން ކާރުކޮޅު އިތުރަށް ބަލައި ޗެކްކުރުމުން އެއީ ކާރުކޮޅުގައި ހަރުކޮށްފައިވާ އެއްޗެއް ކަމަށް ބެލެވޭނެ އެއްވެސް ނިޝާނެއް ފެނިފައިނުވާ ކަމަށް ވެސް ފުލުހުންނާ ހަވާލާދީ އެ ރިޕޯޓުގައިވެ އެވެ.
ކާރުކޮޅުގެ ދަށުން ފެނުނު އޮބްޖެކްޓް ފުލުހުންގެ ލެބޯޓްރީއަށް ގެންގޮސް ބެލިބެލުމުން އޭގައި ގޮވާއެއްޗެއް ނެތްކަމުގެ ޔަގީންކަން އެމްއެންޑީއެފް އިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.
ބޮން ގޮއްވާލި މީހުން ދިޔައީ ކުރިން ވެސް ނަޝީދަށް ފާރަލަމުންކަން އެ ރިޕޯޓުގައިވެ އެވެ.ނަޝީދަށް ފާރަލަމުން އެމީހުން އެމަނިކުފާނުގެ ފޮޓޯވެސް ކުރިން ނަގާފައިވާކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.
ހަމައެހެންމެ ނަޝީދަށް އަމާޒުކޮށް ހަމަލާދޭން ގޮއްވާލި ސައިކަލު ނީލޯފަރުމަގުގައި ބަހައްޓާފައި ވަނީ އެ ހާދިސާ ހިނގުމުގެ އެއް ދުވަސް ކުރިން ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
ޑރ އަފުރާޝީމް އަލީ ޝަހީދު ކޮށްލި މައްސަލަ މަޖިލިހުން މިގޮތަށް ތަހުޤީގު ނުކުރީ ކީއްވެތޯ ؟
ތިވާނީ ބޮންގޮވި ގަޑީގަ އެކަލޭގެއަށް ބިރުންގޮސް ލެވުނު ސީބުރިއެއް ކަމަށް. އެބުނީތާ ތަހުލީލު ކުރީމަވެސް ގޮވާއެއްޗެއް ނުފެނުނޭ. ސީބުރިއެއްގަ ނުހުންނާނެތާ ގޮވާއެއްޗެއް.
ނުގޮވާ އޮތް ރޭޒާފުކެއް ނަޝީދުގެ ސިކުނޑީގަ ނެތްތޯ؟ ވަރަށް ހީވޭ އޮތުމާ. އެސޮރު ދައްކާ ވާހަކަ ތަކުން ހީވޭ ވަރަށް.