ހޮލީވުޑްގެ ފިލްމީ ތަރި ސްކާލެޓް ޖޮހޭންސަން އިނީ ދެވަނަ ކުއްޖަކަށް ބަލިވެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 36 އަހަރުގެ ސްކާލެޓާއި އޭނާގެ ފިރިމީހާ ކޮލިން ޖޮސްޓް މިހާރު ތިބީ ކުއްޖާ ދުނިޔެއަށް އުފަންވާނެ ދުވަހެއްގެ އިންތިޒާރުގަ އެވެ

މިއީ ސްކާލެޓް އާއި އޭނާގެ ފިރިމީހާ ކޮލިން ޖޮސްޓް އަށް ލިބޭ ފުރަތަމަ ދަރިފުޅުކަން ފާހަގަކޮށްލެވެ އެވެ. މި ދުވަސްވަރު ސޯޝަލް މީޑިއާގައި ވެސް ސްކާލެޓް އެހާ އެކްޓިވް ނޫންކަން ފާހަގަކޮށްލެވެ އެވެ. އެއީ އޭނާ އިނީ ވިހަން ވަރަށް ކައިރި ވެފައިވާތީ ކަމަށް ސްކާލެޓްގެ ގާތް މީހަކު ވަނީ ބުނެފަ އެވެ.

ސްކާލެޓްގެ މިހާރު ވެސް ހަ އަހަރުގެ އަންހެން ކުއްޖަކު ހުރެ އެވެ.

ރޯޒް ޑޮރޯތީ ޑައުރިއެކް ނަމަކަށް ކިޔާ މި ކުއްޖާއަކީ ސްކާލެޓް 2014 އިން 2017 އަށް ކައިވެނިކޮށްގެން ހުރި ފްރާންސްގެ ނޫސްވެރިއެއް ކަމަށްވާ ރޮމެއިން ޑައުރިއެކަށް ލިބުނު ކުއްޖެކެވެ.

ސްކާލެޓް އެންމެ ފަހުން ކުޅެފައިވާ ފިލްމަކީ މާވެލްގެ ސުޕަހީރޯ ފިލްމް ބްލެކް ވިޑޯ އެވެ. އޭނާއަކީ އެ ފިލްމުގެ ޕްރޮޑަކްޝަނުގައި ވެސް މަސައްކަތް ކޮށްފައިވާ މީހެކެވެ.