މީގެ އަހަރެއް ކުރިން ފިރިމީހާ އަނަންދު އާއެކު ސޯނަމް ކަޕޫރު ލަންޑަނަށް ދިޔަ ގޮތައް ނާދެވިފައި ހުރީ ކޮވިޑްގެ ސަބަބުން ދަތުރުފަތުރަށް އެޅި ފިޔަވަޅުތަކުގެ ސަބަބުންނެވެ. ނަމަވެސް އަހަރަކަށް ފަހު ސޯނަމް އެބުރި އަމިއްލަ ގައުމަށް ދިޔައީ ދަތުރުކުރުމުގެ ހުއްދަ ދިނުމާއެކު އަނަންދު ލަންޑަންގައި ބަހައްޓާފަ އެވެ.

ސޯނަމް އިއްޔެ ރޭ ދަންވަރު ވަގުތެއްގައި އިންޑިއާއަށް ގޮސްފައިވާއިރު އޭނާ ބަލާ އެއަޕޯޓަށް ބައްޕަ އަނިލް ކަޕޫރު ވަނީ ގޮސްފަ އެވެ. އަހަރަކަށް ފަހު ބައްޕަ ފެނުމުން ސޯނަމް ވަނީ ވަރަށް ބޮޑަށް ދެރަވެ ރޮވިފަ އެވެ.

އަނިލް ވަނީ ސޯނަމް އޭނާއާ ގާތްކޮށްލައިގެން ހުރެ، ގޮސް ކާރަށް އަރާފަ އެވެ.

ސޯނަމް އިންސްޓަގުރާމްގައި އޭޕްރިލް މަހު ހިއްސާކުރި ފޯޓެއްގައި ލިޔެފައިވަނީ އިންޑިއާ މަތިން ވަރަށް ހަދާންވާ ކަމަށާ އަމިއްލަ ގައުމާ ރައްޓެހިންނާ އާއިލާ ދެކިލުމަށް ކެތްމަދުވެފައިވާ ކަމަށެވެ.