ސައުތު އިންޑަސްޓްރީއަކީ އިތުރު ތައާރަފަކަށް ބޭނުންނުވާ މަޝްހޫރު ކާމިޔާބު އިންޑަސްޓްރީއެކެވެ.
އެކްޓަރުންގެ އެކްޓިންއާ އެ ތަރިންގެ ގާބިލްކަން މި ވޭތުވެދިޔަ އަހަރުތަކުގައި ވަނީ ދައްކާލާފަ އެވެ. ބޮލީވުޑްގެ ބޮޑެތި ބަޖެޓުގެ ފިލްމުތަކާ އަޅާ ކިޔާއިރު ސައުތުގެ ފިލްމުތައް ބަލާލަން ރީތިވެފައި ހިތްގައިމު ކަމަށް ގިނަ ބެލުންތެރިން ދެކެ އެވެ.
ސަޕޯޓަރުންނަށް އެކްޓަރުންގެ ދިރިއުޅުމާ ބެހޭ ގޮތުން ހުރިހާ މައުލޫމާތެއް ހެން އެނގޭނެ އެވެ. ބައެއްގެ ފަހަރު ތަރިންގެ ތައުލީމީ ފެންވަރު ނޭނގި ދެ އެވެ. ސައުތުގެ މަޝްހޫރު އެކްޓަރުން ކަމަށްވާ އަލޫ އަރުޖުން, ޕުރަބާސް, ސައި ޕައްލަވީ އަދި ރަކުލް ޕުރީތްއަކީ އެކްޓިންގެ އިތުރުން ތައުލީމީ ގޮތުން ވެސް ކުރީގައި ފާހަގަ ކޮށްލެވޭ ތަރިންނެވެ.
ހިންދުސްތާން ޓައިމްްސްއިން ނެރުނު ރިޕޯޓެއްގައި ބުނިގޮތުގައި ހައިދަރްއާބާދްގެ މަޝްހޫރު ކޮލެޖަކުން ކިޔަވައިފައިވާ ޕްރަބާސް ބީޓެޗް އިން ޑިގްރީ ނަގާފައިވާއިރު؛ ސައި އެމްބީބީއެސް ހެދީ ޓަބްލިސީ ޔުނިވަސިޓީ އޮފް ޖޯޖިޔާއިންނެވެ. އަލޫ އަރުޖުން ޗެންނާއީގެ އެމްއެސްއާރު ކޮލެޖްއިން ބީބީއޭ ޑިގްރީ ނަގާފައިވާއިރު ރަކުލް ވަނީ ދިއްލީ ޔުނިވަސިޓީން ގުރެޖުއޭޓްވެފަ އެވެ.
މޫނުގައި އޮށާޅަ ނަގަން މެދުވެރިވާ އާއްމު ބައެއް ސަބަބުތައް!
އައިޝްވާރްޔާއާ ދިމާއަށް "ޕްލާސްޓިކް"އޭ ބުނުމުން ވީ ކިހިނެއް؟
ރެފަރަންޑަމްގައި "އާނއެކޭ" ބުނެފިނަމަ ގާނޫނުއަސާސީ ނިމޭނެ: ޖަމީލް
