މިފަހަރުގެ އީދު އަޅުގަނޑުމެންނާ ކުރިމަތިލާފައި މިވަނީ ކޮވިޑް 19ގެ ހާލަތުގެ ތެރެއިންނެވެ. މި ހާލަތުގައި އީދު ފާހަގަކުރާއިރު އެންމެންގެ ރައްކާތެރިކަމަށް އިސްކަން ދިނުމަކީ މުހިއްމު ކަމެކެވެ. ބަލިމަޑުކަމެއްގެ ތެރެއިން ވެސް އީދު ފާހަގަ ކުރެވިދާނެ ގިނަ ގޮތްތަކެއް ހުރެ އެވެ.

އީދު ނަލަ ހެދުން

ރަށުގައި މާ ބޮޑު ހަރަކާތްތަކެއް ނެތް ނަމަވެސް އީދު ނަލަ ހެދި އާ ފޭރާންލުމަކީ ކުރެވިދާނެ ކަމެކެވެ. އީދަށް ނަލަހެދި އާއިލާއާއެކު ފޮޓޯއެއް ނަގާލުން ވެސް އެއީ އީދު ފާހަގަކުރެވިދާނެ ގޮތެކެވެ.

އާއިލާއާއެކު ވަގުތު ހޭދަކުރުން

މި އީދުގައި އާއިލާއާއެކު ވަގުތު ހޭދަކުރުން ކިހިނެއް ވާނެ ހެއްޔެވެ؟ ދުރުގައި ހުރި ތިމާގެ މީހުންނަށް ގުޅާލައި އީދުގެ ތަހުނިޔާ ކިޔުމަކީ މިފަދަ ދުވަސްވަރެއްގައި އީދު ފާހަގަ ކުރަން ކުރެވޭނެ އެންމެ ރައްކާތެރި ކަމެވެ.

ސަދަގާތް ކުރުން

ނިކަމެތިންނާއި ފަގީރުން ފަދަ ބޭނުން ޖެހިފައިވާ ފަރާތްތައް މި އީދުގެ އުފަލުގައި ބައިވެރިކުރުމަކީ އީދުގެ އުފާ އެންމެ ފުރިހަމަ ގޮތުގައި ލިބިދޭނެ ކަމެކެވެ. އެހެންކަމުން މިފަދަ ފަރާތްތަކަށް އީދު ދުވަހު ސަދަގާތްކުރުން ގިނަ ކުރާށެވެ.

އާއްމުކޮށް އެއްވެ އުޅެވޭ ގޮތަށް އީދު ފާހަގަ ކުރުން މަނާ ކްރެވިފައި ވާއިރު މިފަދަ ކަންކަމުން އުފާ ލިބިގަނެ މިގޮތަށް އީދު ފާހަގަ ކުރުމަކީ މި ވަގުތަށް އެންމެ ރަނގަޅު ގޮތެވެ.