އިތުރު 144 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން އިއުލާންކޮށްފި އެވެ.
އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 36 މީހުންނެވެ. އަތޮޅުތަކުގެ ރަށްތަކުން 72 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓްތަކުން 36 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 76،332 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،571 ގައި މިހާރު ހުރިއިރު 73،531 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.
މި ބަލި ޖެހިފައިވާ 12 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 218 މީހަކު ވަނީ މަރުވެފަ އެވެ.
މާލެއިން ޕޮޒިޓިވްވި އަދަދުތައް ވަރަށް ބޮޑަށް ދަށްވެފައިވާއިރު، ފާއިތުވި ހަ މަހުގެ ތެރޭގައި ވެސް މިވަރަށް ދަށްވެފައެއް ނުވެ އެވެ.
އަންހެނުން ދެކެ ވާ ލޯބިން "ތާޖް މަހަލް"އެއް ބިނާ ކޮށްދީފި
މިނިވަންކަން ގެއްލޭނެ ފަދަ ހިތި ތަޖުރިބާ އިޔާދަވިޔަދީގެން ނުވާނެ
މިއަދު މެންދުރު ފަހުން ފެށިގެން ވިއްސާރަ އަލިވާން ފަށާނެ: މެޓް
