ލުނބޯއަކީ އަހަރެމެންގެ ކެއިންބުއިމުގައި ބޭނުންކުރާ ބާވަތެކެވެ. ނަމަވެސް ލުނބޯ ހަމައެކަނި ބޭނުންކުރެވޭނީ ކެއުންބުއިމަކު ނޫނެވެ. ލުނބޯއިން ކުރެވޭ ތަފާތު ގިނަ ގުނަ ބޭނުންތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ތެރޭގައި މިވާ ކަންކަން ފާހަގަކޮށްލާނަމެވެ.
ލުނބޯ އިން ކުރެވޭ ބޭނުމަކަށް ބަލާއިރު މައިކްރޯ ވޭވް ސާފުކުރުމަށް ލުނބޯ ބޭނުންކުރުމުން ވަރަށް ފަސޭހައިން އޭގައި އުފެދިފައި ހުންނަ ހަޑި ސާފުވެދެ އެވެ. ބޯތައްޓަކަށް ފެން އެޅުމަށް ފަހު އޭގެ ތެރެއަށް ލުނބޯ ހުތް ކޮޅެއް އެޅުމަށް ފަހު ހަތަރު މިނެޓް ވަންދެން އެ ހޫނުކޮށްލުމަށްފަހު ތާފަނާ ކަންމަތީ މި ފެނުން މައިކްރޯ ވޭވްގެ އެތެރެ ސަފުކޮށްލާށެވެ.
ލުނބޯ އިން ކުރެވޭ އެހެން ބޭނުމަކަށް ބަލާއިރު ނިޔަފަތި ހުދު ކުރުމަށް ލުނބޯއަކީ ވަރަށް ރަނގަޅު އެއްޗެކެވެ. ތަފާތު ކުލަ ކުލައިގެ ނެއިލް ޕޮލިޝް ނިޔަފަތީގައި ޖެއްސުމުގެ ސަބަބުން އެ ފިލުވިޔަސް ގިނަ ފަހަރު ނިޔަފަތީގައި އަސްލު ހުދު ކުލަ ނުހުރެ އެވެ. މިކަމަށް ހައްލެއްގެ ގޮތުގައި ނެއިލް ޕޮލިޝް ފިލުވާލުމަށް ފަހު ލުނބޯ އެއް ފަޅިކުރުމަށްފަހު ނިޔަފަތިތަކުގައި އުނގުޅާލާށެވެ. އޭރުން ނިޔަފަތިތަކުގައި ހުންނަ އަސްލު ހުދުކުލަ އަނބުރާ އަންނާނެ އެވެ.
ލުނބޯއަކީ ދިރޭ ސޫފާސޫފި މާ ގަޔާވާ އެއްޗެއް ނޫނެވެ މިހެންކަމުން ދިރޭ ސޫފާސޫފި ގޭތެރެއިން ނައްތާލުމަށް ވެސް ލުނބޯގެ ބޭނުން ކުރެވެ އެވެ. ފެނުގެ ތެރެއަށް ލުނބޯ ހުތް އެޅުމަށް ފަހު ސްޕްރޭ ކުރާކަހަލަ ފުޅިއަކަށް އަޅާލާށެވެ. ދެން މުޅި ގޭތެރޭ އެކި ތަންތަނަށް ނިކަން ސްޕްރޭ ކޮށްލާށެވެ. އޭރުން ގޭތެރޭގައި ދިރޭ ސޫފާސޫފި ނޫޅޭނެ އެވެ.
މީގެ އިތުރުން ބައެއް ފަހަރު އަތްލެވޭ އެއްޗެއްގެ ސަބަބުން އަތުގައި އެ އެއްޗެއްގެ ވަސް ނުފިލާ ހުރެ އެވެ. މިހެންވާނަމަ ލުނބޯއެއް ފަޅިކޮށްލުމަށްފަހު އަތްތިލައިގައި ރީތިކޮށް ލުނބޯ އުނގުޅާލާށެވެ. އޭރަށް އަތުގައި ހަރުލާފައި ހުންނަ އެކިއެކި ވަސްތައް ނެތި ކޮށްލަ އެވެ.