އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފި އެވެ.
އެއާ އިންޑިއާއިން ރާއްޖެއަށް ކުރަމުންދިޔަ ދަތުރުތައް މެދުކަނޑާލީ މިދިޔަ މޭ މަހުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19ގެ ކޭސްތައް ގިނަ އަދަދަކަށް ފެންނަން ފެށުމާ ގުޅިގެން ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ދެކުނު އޭޝިއާގެ ފަތުރުވެރިން ރާއްޖެއަށް އައުން މަނާކުރުމާ ގުޅިގެންނެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުން ދަތުރުކުރާ މީހުންނަށް ރާއްޖޭގެ ބޯޑަރު މިމަހުގެ 15 ވަނަ ދުވަހު ހުޅުވާލުމާއެކު އެއާ އިންޑިއާއިން ރާއްޖެ އާއި އިންޑިއާގެ މުމްބާއީއާ ދެމެދު ކުރާ ދަތުރުތައް އަލުން ފަށާފައި ވަނީ އިއްޔެ އެވެ. އަދި ކޮންމެ ހަފުތާއަކު ދެ ފްލައިޓް ރާއްޖެއަށް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ އެއާލައިނުން ބުނެފައިވެ އެވެ.
އެއާ އިންޑިއާގެ ދަތުރުތައް މެދުކަނޑާލުމުގެ ކުރިން ރާއްޖެއާއި އިންޑިއާ އާ ދެމެދު ހަފްތާއަކު ހަތަރު ފްލައިޓް ބާއްވާފައިވެ އެވެ.
އެއާ އިންޑިއާގެ ދަތުރުތައް އަލުން ފެށިއިރު އިންޑިއާގެ ސްޕައިސް ޖެޓުން ވެސް ރާއްޖެއަށް އަލުން ދަތުރުތައް މިދިޔަ ހަފްތާގައި ވަނީ ފަށާފަ އެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު މިދިޔަ އަހަރު ބޯޑަރު ހުޅުވާލުމުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިންނެވެ.
އިތުރު 22 މީހަކަށް ހިމަބިހި ޖެހި، ޖުމްލަ އަދަދު 166 އަށް
ސަނީހު އިސްތިއުފާދެއްވުމުން އޮޑިޓް ކޮމިޓީއަށް ޝިފާނާ
ސްޕެއިންގެ ފުޓްބޯޅަ ލީގުގެ ރައީސްގެ ފާޑުކިއުން އިންފަންޓީނޯއަށް

ޢިންޑިޔާ ގެ އެއްވެސް އެއްޗެއް ބޭނުމެއްނޫން އެއީ ދިވެހިން އަޅުވެތި ކުރަން ޞޭނުން ވާ ބައެއް