މާލެއިން ޒުވާކަު ގެއްލިގެން ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.
ގެއްލިގެން ހޯދަމުން ދަނީ އދ. ކުނބުރުދޫ، ފެހިގެ، އުމުރުން 26 އަހަރުގެ އަހުމަދު ނައުފަލެވެ.
އޭނާ އަކީ އާއިލީ ދޯންޏެއްގައި ކަންނެއްޔަށްދާ މީހެވެ. އެ ދޯނިން ވާހަކަ ދެއްކި މީހަކު ބުނީ މި މަހުގެ 20 ވަނަ ދުވަހު އެ ދޯނިން ހުޅުމާލެއަށް އޭނާ ފޭބި ކަމަށެވެ. އޭނާއަށް އެންމެ ފަހުން ގުޅިފައި ވަނީ މި މަހުގެ 26 ވަނަ ދުވަހު ކަމަށް އާއިލާއިން ބުންޏެވެ.
ނައުފަލްގެ ޚަބަރެއް އެންމެ ފަހުން ވީއިރު އޭނާ އުޅެމުންއައީ ރައްޓެއްސަކާއެކު މާލޭގައި ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދޭ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
"ވީމާ، އަހްމަދު ނައުފަލްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެ މައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން އެދެމެވެ،" ފުލުހުންގެ އިއުލާނުގައިވެ އެވެ.
ހަށިގަނޑުން ދޭ މި އިންޒާރުތަކަށް ނަމަނަމަ ފަރުވާ ކުޑަ ނުކުރާތި!
މައުލޫމާތު ހާމަނުކޮށްގެން އެންމެ ގިނަ ޝަކުވާ އެޗްޑީސީއަށް
25 އަހަރަށްފަހު ރިޓަޔާކުރާ ފުލުހުންނަށް ވެސް ބޭސްފަރުވާ ލިބޭނެ!
