އިތުރު 125 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން އިއުލާންކޮށްފި އެވެ.
އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 26 މީހުންނެވެ. އަތޮޅުތަކުގެ ރަށްތަކުން 91 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓްތަކުން އަށް މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 77،758 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،452 ގައި މިހާރު ހުރިއިރު 75،056 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.
މި ބަލި ޖެހިފައިވާ 16 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 222މީހަކު ވަނީ މަރުވެފަ އެވެ.
މާލެއިން ޕޮޒިޓިވްވި އަދަދުތައް ވަރަށް ބޮޑަށް ދަށްވެފައިވާއިރު، ފާއިތުވި ހަ މަހުގެ ތެރޭގައި ވެސް މިވަރަށް ދަށްވެފައެއް ނުވެ އެވެ.
އިންތިހާބުން ބަލިވުމުން އަލައިކާއަށް ސްޓޭޓް މިނިސްޓަރުކަން ދީފި
މިރޭ 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ: މެޓް އޮފީސް
ކްރިމިނަލް ކޯޓުން ނެރުނީ ގާނޫނީ އަސާސެއް ނެތް އަމުރެއް: ޖަމީލް
