މިއަދު އެކަނި ތިން ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
އެރަށްތަކަކީ ލ. ގަން، ލ. ފޮނަދޫ އަދި އއ. ހިމަންދުއެވެ. ފޮނަދޫ ކައުންސިލުން ބުނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްގެން ނެގަޓިން ނަތީޖާއަކާއެކު މާލެއިން އެރަށަށް ދިޔަ މީހެއް ކަމަށެވެ. ގަމަކީ ވެސް ފޮނަދުއާ އެއް ފަސްގަނޑެއްގައި އޮންނަ ރަށަކަށްވާތީ އެރަށް ވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.
އެނގިފައިވާ ގޮތުގައި ހިމަންދުއިން ޕޮޒިޓިވްވީ ޗުއްޓީ ހޭދަ ކުރުމަށްފަހު މާލެ ދިޔަ މީހަކާ ކޮންޓެކްޓްވި ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ.
އެ ދެ ރަށުގައި ވެސް ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.
އީދު ބަންދާ ދިމާކޮށް މާލެއިން ގިނަ އަދަދެއްގެ ބަޔަކު ވަނީ އަތޮޅުތެރޭގެ ރަށްތަކަށް ގޮސްފަ އެވެ.

ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަނީ
އެއާޕޯޓުން ޑޮލަރު ފޭރުނު 8 މީހަކަށް ދައުވާ ކޮށްފި
ބީއެމްއެލްގެ އިންޓަނޭޝަނަލް ވޮލެޓް "ސްޕައިޕް" އައްޑުއަށް
