އިތުރު 131 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން އިއުލާންކޮށްފި އެވެ.
އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 21 މީހުންނެވެ. އަތޮޅުތަކުގެ ރަށްތަކުން 92 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓްތަކުން 18 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 78،130 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،512 ގައި މިހާރު ހުރިއިރު 75،353 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.
މި ބަލި ޖެހިފައިވާ 24 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 222 މީހަކު ވަނީ މަރުވެފަ އެވެ.
މާލެއިން ޕޮޒިޓިވްވި އަދަދުތައް ވަރަށް ބޮޑަށް ދަށްވެފައިވާއިރު، ފާއިތުވި ހަ މަހުގެ ތެރޭގައި ވެސް މިވަރަށް ދަށްވެފައެއް ނުވެ އެވެ.
އަތޮޅުތަކުގައި ކޮވިޑްގެ ކޭސްތައް އަނެއްވެސް އަންނަނީ އިތުރުވާން ފަށައިފައެވެ. އެގޮތުން މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްތަކުގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަނީ
ޑްރަގް ހުރި 63 ރަބަރު ޕެކެޓާއެކު މީހަކު ހައްޔަރުކޮށްފި
އެއާޕޯޓުން ޑޮލަރު ފޭރުނު 8 މީހަކަށް ދައުވާ ކޮށްފި
