7،203 ސާމްޕަލް ޓެސްޓްކޮށްގެން އިތުރު 108 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 21 މީހުންނެވެ. އެއީ 1،975 ޓެސްޓްކޮށްގެން އައި ނަތީޖާއެކެވެ. އަތޮޅުތަކުގެ ރަށްތަކުން 21 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓްތަކުން 15 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 78،464 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،570 ގައި މިހާރު ހުރިއިރު 75،660 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މި ބަލި ޖެހިފައިވާ 19 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 222 މީހަކު ވަނީ މަރުވެފަ އެވެ.

މާލެއިން ޕޮޒިޓިވްވި އަދަދުތައް ވަރަށް ބޮޑަށް ދަށްވެފައިވާއިރު، ފާއިތުވި ހަ މަހުގެ ތެރޭގައި ވެސް މިވަރަށް ދަށްވެފައެއް ނުވެ އެވެ.

އަތޮޅުތަކުގައި ކޮވިޑްގެ ކޭސްތައް އަނެއްވެސް އަންނަނީ އިތުރުވާން ފަށައިފައެވެ. އެގޮތުން މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްތަކުގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.