"ޒުލޭހާ" ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ފިލްމީ ތަރި ޝީލާ ނަޖީބް މިހާރު މަސައްކަތް ކުރަމުން އަންނަނީ މަޝްހޫރު ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ)ގެ ވެބް ސީރީޒެއްގެ މަސައްކަތް ކަމަށް އޭނާ ބުނެފި އެވެ.

"ހުރިހާ" އަށް ވާހަކަ ދައްކަމުން "ތިއޭ މިހިތުގެ ވިންދަކީ"އިން ބޮޑު މަގުބޫލުކަމެއް ހޯދި ޝީލާ ބުނީ މިދުވަސް ކޮޅު މަސައްކަތް ކުރާ އެ ވެބް ސީރީޒްގެ ޝޫޓިންތައް ފަށައިގެން ކުރިއަށްދާ ކަމަށެވެ

"މިހާރު މިކުރަމުން އަންނަނީ އަމްޖޭގެ ވެބް ސީރީޒެއްގެ މަސައްކަތް. މިއީ ކޮމެޑީ ސީރީޒެއް." ޝީލާ ބުންޏެވެ.

އަމްޖޭގެ ވެބް ސީރީޒްގެ ޝޫޓިންގެ ތެރެއިން ޝީލާ ނަޖީބް އަދި ޝަމީލް

މީގެ އިތުރުން ޝީލާ ބުނީ އާއިލާއަށް ވަގުތު ދިނުމަށް ފަހު ލިބޭ ހުސް ވަގުތުތަކުގައި ފިލްމީ ދާއިރާގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

1998 އަހަރު ފިލްމީ ދާއިރާގައި މަސައްކަތް ކުރަން ފަށާފައިވާއިރު މިހާތަނަށް އައިރު ޝީލާ ވަނީ ގިނަ ފިލްމުތަކަކާއި ޑްރާމާތަކެއްގައި މަސައްކަތް ކޮށްފަ އެވެ.

ޑާކްރެއިން އެންޓަޓެއިމަންޓްގެ ވެބް ސީރީޒް "ރޫމީ އާ ޖަންނަތު" ޝޫޓިންގެ ތެރެއިން.. ޝީލާ ނަޖީބް އާއި އެ ވެބް ސީރީޒްގައި ހިމެނޭ އެހެން ތަރިން..

ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ވެބް ސީރީޒްގައިވެސް ޝީލާ މަސައްކަތްކޮށްފައިވާއިރު އޭނާ ވަނީ ގިނަ އެވޯޑްތަކެއް ހޯދާފަ އެވެ. އެގޮތުން މުނިފޫހިފިލުވުމުގެ ދާއިރާއިން އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު 2007 ވަނަ އަހަރު އޭނާ ވަނީ ހޯދައިފަ އެވެ.

https://www.youtube.com/watch?v=_sbKRxXJnt8

ޝީލާ މިހާތަނަށް ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން، ޢާންމުންގެ އެންމެ ބޮޑު ތަރުޙީބެއް ލިބިފައިވާ ފިލްމުތަކުގެ ތެރޭގައި "ޒުލައިޚާ" "އޭނާ" "ހިތް އެދެނީ" "ދޮންކަމަނަ" އަދި "4426" ހިމެނެ އެވެ.