އިންސާނާގެ ހަށިގަނޑު ފުރިހަމަ ސިއްހަތެއްގައި ބެހެއްޓުމަށްޓަކައި ކޮންމެ ގުނަވަނެއްގެ ދުޅަހެޔޮކަމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން ބަލާއިރު ހަށިގަނޑުގެ ފުރަމޭ ނުވަތަ (ލިވާ)އަކީ މުހިންމު ދައުރެއް އަދާކުރާ އެތެރެހަށީގެ ގުނަވަނެކެވެ. އެހެންކަމުން މި ގުނަވަނުގެ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ ގޮތުން ފައިދާހުރި ކާނާ ކެއުމަކީ ވަރަށް ވެސް މުހިންމު ކަމެކެވެ.
އާންމު ގޮތެއްގައި ފުރަމޭގެ ދުޅަހެޔޮކަން ގެއްލެން މެދުވެރިވަނީ ތިމާ ގެންގުޅޭ ނޭދެވޭ އާދަތަކެއްގެ ސަބަބުންނެވެ. އެގޮތުން ރަލުގެ ބާވަތްތައް ބޭނުން ކުރުމަކީ ވަރަށް އަވަހަށް ފުރަމޭ ހަލާކުވުމަށް މެދުވެރިވާ ސަބަބެކެވެ. މިހެންކަމުން ފުރަމޭގެ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ފައިދާހުރި ކާނާ ކައި ގޯސް އާދަތަކުން ދުރުވުން އެއީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ފުރަމޭގެ ދުޅަހެޔޮކަމަށް ކެވޭނެ ކާނާގެ ތެރޭގައި ގްރޭޕްސްއާއި ޕްރިކްލީ ޕިއާ އަދި ބީޓްރޫޓް ޖޫސްގެ އިތުރުން ނަޓްސްގެ ބާވަތްތައް ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން ކޮފީބުއިމަކީ ފުރަމޭގެ ދުޅަހެޔޮކަމަށް އެންމެ ރަނގަޅު އެއް ބުއިން ގޮތުގައި ފާހަގަވެފައިވެ އެވެ. އެގޮތުން ފުރަމޭގެ އާންމު ކެންސަރުތަކުން ރައްކާތެރިކޮށްދިނުމުގައި ކޮފީގެ ދައުރެއް ހިމެނެ އެވެ.
ބްލޫބެރީޒް އާއި ކްރޭން ބެރީޒްއަކީ ވެސް ފުރަމޭގެ ދުޅަހެޔޮކަމަށް ކެވިދާނެ ދެ މޭވާ އެވެ. ސަބަބަކީ މި ދެ މޭވާއަކީ ވެސް އެންޓިއޮކްސިޑެންޓްސް އެކުލެވޭ ދެ މޭވާ ކަމަށް ވާތީ އެވެ. އެހެންކަމުން ފުރަމޭގެ އިމިއުން ރެސްޕޮންސް ރަނގަޅުކޮށްދީ ފުރަމޭގެ ފައިދާއަށް މި ދެ މޭވާ މަސައްކަތް ކޮށްދެ އެވެ.