ކައްކާ ނިންމާލާއިރު ގިނަ ފަހަރައް ތެލީގެ ކުލަ ހުންނަނީ މުޅިން ބަދަލުވެ ތެލި އަރާފަ އެވެ.

ކިތަންމެ ވަރަކަށް އުނގުޅި ކަމުގައި ވިޔަސް ސާފު ނުވެ ހުރެ އެވެ. ހާއްސަކޮށް ގިނަ ދުވަސް ދުވަސްވެފައި ހުންނަ ތެލީގެ ދެލި ސާފު ކުރުމަކީ ވަރަށް ވެސް އުދަގޫ ކަމެކެވެ. ގިނަ މީހުން މި ގޮތަށް ތެލި އެއްޗެހި ހަޑިވުމުން އޭގެ ހައްލެއް ގޮތުގައި ތެލި އުކާލާފައި އާ ތެލި ގަނެ އެވެ.

އާ ތެލި ގަތުމުގެ ބަދަލުގައި ބޭނުންކުރާ ތަވަޔާއި ތެލީގައި ހުންނަ ދެލި އަދި އޭގެ ފޫ ސާފުކޮށް މުޅިން އާ ކޮށްލެވޭނެ ފަސޭހަ ހައްލެއް އެބައޮތެވެ. ދެ ސައި ސަމްސާގެ ބޭކިން ސޯޑާ އާއި ބައި ޖޯޑުގެ ވިނިގާ އެޅުމަށްފަހު ދެތިން މިނެޓް ބަހައްޓާލާށެވެ. އެއަށްފަހު ނަރުގަޑަކުން ދެ މިނެޓެއް ހާއިރު ވަންދެން ވަރުގަދައައް އުނގުޅާލާށެވެ. އަދި އޭގެ ފަހުން ރީއްޗަށް ދޮވެލާށެވެ.

https://www.youtube.com/watch?v=7dTPRkwQYqU

ތެލީގެ ކުލަ އަލިވެ އަލަށް ގަތް ތެއްޔެއްގެ ސިފައަށް ބަދަލުވެގެން ދާނެ އެވެ. ވީމާ ތެލި އުކާނުލާ މި ޓެކްނިކް ބޭނުން ކޮށްލުން ބުއްދިވެރި އެވެ.