ކޮވިޑް 19 ފެށުނީއްސުރެ ދިފާއީ ނިޒާމްގެ ވާހަކައަކީ ވަރަށް އާއްމު ވާހަކަ އެކެވެ. ދިފާއީ ނިޒާމް ވަރުގަދަކުރުމަށްޓަކައި އެކި މީހުން އެކި އުކުޅުތައް ބޭނުން ކުރެ އެވެ.

ދިފާއީ ނިޒާމް ވަރުގަދަވުމަކީ ކޮވިޑްގެ އިތުރުން އެހެނިހެން ވައިރަލް އިންފެކްޝަންތަކުން ވެސް ހަށިގަނޑު ދުރުކޮށްދޭނެ ކަމެކެވެ.

ދިފާއީ ނިޒާމް ވަރުގަދަ ކުރުމަށްޓަކައި ޓޮމާޓޯ ޖޫހަކީ މޮޅު ބުއިމެކެވެ. ޓޮމާޓޯގައި އެކުލެވޭ ވިޓަމިން ސީ އާއި އެންޓި އޮކްސިޑަންޓްސް މާއްދާތަކުގެ ސަބަބުން ވިހަ މާއްދާތަކުން ހަށިގަނޑު ސާފުކޮށްދީ ދިފާއީ ނިޒާމް ވަރުގަދަ ކޮށްދެ އެވެ. ތިރީގައި މިވަނީ ޓޮމާޓޯ ޖޫސް ހަދާނެ ގޮތެވެ.

ބޭނުންވާ ތަކެތި

  • 1 ޖޯޑު ފެން
  • ރަހަލާވަރަށް ލޮނު
  • 2 ޓޮމާޓޯ

ތައްޔާރުކުރާނެ ގޮތް

ޓޮމާޓޯތައް ރަނގަޅަށް ދޮވެލުމަށްފަހު ކުދިކޮށް ކޮށާލާށެވެ. އަދި ބްލެންޑަރަކަށް އަޅައި ބްލެންޑް ކޮށްލާށެވެ. ޓޮމާޓޯތައް ހިމުންވެ ރަނގަޅަށް ދިޔަ ނެރެވުމުން އެ އެތިކޮޅު 1 ޖޯޑު ފެނަށް އަޅައި ގިރާލާށެވެ. އަދި ރަހަލާވަރަށް ލޮނު އެއްކުރާށެވެ.