ބައިސްކޯފްގައި ސްޓްރީމްކުރަމުން އަންނަ އާއިލީ ޑްރާމާ ސްޓައިލްގެ ފިލްމު "ފަރީ" އިންޑިއަން ފިލްމު ފެސްޓިވަލް އޮފް މެލްބަންގައި ދައްކަން ހަމަޖައްސައިފި އެވެ.

ރަވީ ފާރޫގާއި ނުޒުހަތު ޝުއައިބްގެ ވަރަށް ތަފާތު ރޯލެއް ފެނިގެންދާ މި ފިލްމު، ފެސްޓިވަލްގައި ދައްކަން ހަމަޖެހިފައި ވަނީ މާދަމާއިން ފެށިގެން މިމަހުގެ 30ގެ ނިޔަލަށެވެ.

މި ފިލްމުގެ ޕްރޮޑިސަރުންނަކީ "މަދޮށިޕް" އާއި "ކުންނާރު ޕްރޮޑަކްޝަން"ގެ އިތުރުން "އެއްކާފު ޕްރޮޑަކްޝަން" އެވެ.

ރަވީ އާއި ނުޒޫގެ އިތުރުން މި ފިލްމުގައި ދެން ފެނިގެންދާނީ އަހްމަދު އިސާ ( އާނަންދު) އާއި މުހައްމަދު ޔުނާނާއި ފައުޒިއްޔާ ހަސަން އެވެ.

https://www.facebook.com/madhoship/posts/10158930794954713

މި ފިލްމުގެ ސްކްރިޕްޓް ލިޔެ ޑައިރެކްޓްކޮށްފައި ވަނީ އަލަށް ޑާއިރެކްޝަނަށް ނުކުތް ޒުވާން ޑައިރެކްޓަރު އަހްމަދު ހިސާން ސައީދު (އަންދު) އެވެ.

މީގެ ކުރިން ވެސް އިންޑިއާގައި ބޭއްވި ސަރަހައްދީ ފިލްމު ފެސްޓިވަލުތަކުގައި ދިވެހި ފިލްމުތައް ބައިވެރިކޮށްފައިވާއިރު ގިނަ ކާމިޔާބީތަކެއް ވަނީ ހޯދައިފަ އެވެ.