އޮގަސްޓް މަހުގެ 13 ވަނަ ދުވަހަކީ މުޅި ދުނިޔޭގައި ފާހަގަ ކުރެވޭ ވައަތްތެރިންގެ ދުވަހެވެ. ވައަތްތެރިންނަކީ ތަފާތު ބަޔަކަށް ވީއިރު އާއްމު ދިރިއުޅުމުގެ ކަންކަމުގައި ވައަތް އިސްކުރުމަކީ މިފަދަ މީހުންގެ ޙާއްސިއްޔަތެވެ.

މަޝްހޫރު ޝަހްސިއްޔަތުތަކަށް ބަލާއިރު ލޭޑީ ގާގާ، ޖޫލިއާ ރޮބާޓްސް އަދި އަމީތާބް ބައްޗަން އަކީ ވެސް ވައަތްތެރިންނެވެ. މީގެ އިތުރުން ވޯލްޓް ޑިޒްނީ، ޗާލީ ޗެޕްލިން އަދި އަލްބާޓް އެއިންސްޓެއިން ފަދަ ދުނިޔޭގެ ތާރީޚުގައި ފާހަގަ ކޮށްލެވޭ ބައެއް މީހުންނަކީ ވެސް ވައަތްތެރިންނެވެ.

ވައަތްތެރިންނާ ބެހޭގޮތުން ހޯދިފައިވާ ހޯދުންތަކަށް ބަލާއިރު ޝައުގުވެރި ބައެއް މައުލޫމާތު ތަކަށް ތިރީގައި ބަލާލާނަމެވެ.

  • ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 13 ޕަސެންޓަކީ ވައަތްތެރިން.
  • ވައަތްތެރިންނަށް އެލާޖިކްތައް ޖެހުމުގެ ފުރުސަތު 11 ގުނަ ބޮޑު.
  • ވައަތްތެރިންނަށް އިންސޮމްނިއާ އަދި މައިގްރޭން ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު
  • ކަނާތްތެރިންނާ އަޅާބަލާއިރު ވައަތްތެރިންގެ ޒަހަމްތައް ފަސޭހަވުން އަވަސް ވާނެ
  • ވައަތްތެރިންގެ ހަނދާން މާގަދަ ވާނެ
  • ޓެނިސް، ފެތުން ފަދަ ހަރަކާތަތަކުގައި ވައަތްތެރިން މާ ކާމިޔާބު
  • ފެނުއަޑީގައި ފެނުން ކަނާތްތެރިންނަށް ވުރެ ވައަތްތެރިންގެ ސާފު
  • މިހާތަނަށް އެމެރިކާގެ ރައީސްކަން ކުރި ރައީސުންގެ ތެރެއިން ފަސް ރައީސުންނަކީ ވައަތްތެރިން. އެއީ ބަރަކް އޮބާމާ، ޖެރަލްޑް ފޯޑް، ޖޯޖް ޑަބްލިިއު ބުޝް، ރޮނަލްޑް ރޭގަން އަދި ބިލް ކްލިންޓަން