ދ. ނިޔާމަ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންތަކެއް ވެއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ އެ ހާދިސާ ހިނގީ މިރޭ 8:50 ހާއިރު އެ ރިސޯޓުގެ ވޯޓާ ވިލާއެއްގައި ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.
އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވީ ޕެވީލިއަން 52ގައި ކަމަށެވެ. އަދި 9:20 ހާއިރު އަލިފާން ކޮންޓްރޯލްވެފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އެ ހާދިސާގައި ގެއްލުން ލިބުނީ އަލިފާން ރޯވި ކޮޓަރިއަށް އެކަންޏެވެ.
މީގެކުރިން ވެސް އެ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ. އެގޮތުން 2018 ވަނަ އަހަރު އެ ރިސޯޓުގެ ތިން ވޯޓާ ވިލާއެއްގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭވަރަށް ވަނީ އަނދައިފަ އެވެ.
ޝަހުޒާން 15 ދުވަހަށް، ލީވާން 10 ދުވަހަށް ޖަލަށް
ކެއިންބުއިމުގެ ސަބަބުން ދަރިމައިވުމުގެ ސިއްހަތަށް އަސަރު ކުރޭތަ؟
ޕްރިޔަންކާއަށް "ގްލޯބަލް ވެންގާޑް" އެވޯޑް ލިބިއްޖެ
