ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި މިސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ ދަށުން ތަރައްގީކުރާ ސޯޝަލް ހައުސިންގެ 1،000 ފްލެޓުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
ހުޅުމާލެ ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނީ ދެ ބަޔަކަށް ބަހަލާއިގެން ކުރިއަށް ގެންދާ މިމަޝްރޫއުގެ ތެރެއިން ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތަރައްގީކުރާ ކައުންސިލް އަދި އެފޯޑަބަލް ހައުސިން ކެޓަގަރީގެ ޔުނިޓްތަކުގެ ފައުންޑޭޝަންގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ތާވަލާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންގޮސް 2023 ވަނަ އަހަރުގެ ކުރީކޮޅު މި މަޝްރޫއު އެއްކޮށް ނިއްމާލެވޭނެ ކަމަށް ވެސް އެޗްޑީސީއިން ބުނެ އެވެ.
އެ ކުންފުނިން ބުނީ މި މަޝްރޫއަކީ ރާއްޖޭގެ އަމިއްލަ ކުންފުންޏަކު ކުރިއަށް ގެންދާ އެންމެ ބޮޑު ގެދޮރިވެރިކަމުގެ މަޝްރޫއު ކަމަށެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ ދިވެހި ކުންފުންޏެއް ކަމަށްވާ އެޕޯލޯ ހޯލްޑިންސްއިން އެވެ.
މި މަޝްރޫޢުގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކައުންސިލް ހައުސިންއަކީ ކައުސިލްގެ ފަރާތުން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ޔުނިޓުތަކެކެވެ. މި ޔުނިޓުތަކަކީ ހަމައެކަނި ކުއްޔަށް ދޫކުރާ ނުވަތަ ލީސް މޮޑޮލްއަށް ދެވޭ ޔުނިޓުތަކެކެވެ. އަދި އެފޯޑަބަލް ހައުސިންގެ ދަށުން ލީސް ޓު އޯން އުސޫލުން ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ޔުނިޓުތަކަކަކީ މަހު ކުލި ދައްކާ ޔުނިޓަށްވާ ޖުމްލަ ފައިސާ ދެއްކާ ހަލާސް ކުރުމުން އެފަރާތުގެ ނަމުގެ މައްޗަށް ރަޖިސްޓްރީ ބަދަލު ކުރެވިގެން ދާނެ ޔުނިޓުތަކެކެވެ. އަދި މި ޔުނިޓުތަކުގެ އަގު ކޮންޓްރޯލު ކުރުމަށް ވީހާ ވެސް ކުޑަ އަގެއްގައި މި ފަރާތްތަކަށް މި ޔުނިޓުތައް ދިނުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފަ އެވެ. އަދި ސަރުކާރުން މަހު ކުލީގެ ގޮތުގައި ނެގުމަށް ޓާގެޓް އަގުތަކެއް ވަނީ ކަނޑައެޅިފަ އެވެ.
އެގޮތުން އެޗްޑީސީން އިން ކައުންސިލް ހައުސިންގެ ދެ ކޮޓަރީގެ 650 އަކަފޫޓުގެ 60 ޔުނިޓަކަށް ސަރުކާރުން ޓާގެޓްކުރާ މަހު ކުއްޔަކީ 5،500ރ. އެވެ. އަދި ހައުސިން ހައުސިންގެ ތިން ކޮޓަރީގެ 800 އަކަފޫޓުގެ 60 ޔުނިޓެއްގެ ކުލި 7،000ރ. އަށް ޓާގެޓް ކުރާއިރު އެފޯޑަބަލް ހައުސިންގެ ދެ ކޮޓަރީގެ 650 އަކަފޫޓުގެ 50 ޔުނިޓެއް އުޅެނީ 8،600ރ. ގަ އެވެ. އެފޯޑަބަލް ހައުސިންގެ ތިން ކޮޓަރީގެ 900 އަކަފޫޓުގެ 170 ޔުނިޓެއްގެ ކުއްޔަކީ 13،000ރ. އެވެ.
އެޗްޑީސީން އާންމުކުރި އަގުތަކުގެ ތެރޭގައި މިޑް ލެވެލް ހައުސިންގެ 750 އަކަފޫޓުގެ 160 ޔުނިޓާއި މިޑް ލެވެލް ހައުސިންގެ ތިން ކޮޓަރީގެ 1،000 އަކަފޫޓުގެ 500 ޔުނިޓަށް ސަރުކާރުން ޓާގެޓްކުރާ ކުއްޔެއް އަދި ނެތެވެ.
މިޑް ލެވެލް ހައުސިންއަކީ ޕްރޮޖެކްޓް ހިންގާ ފަރާތުން ކަނޑައެޅިފައިވާ އަގުތަކަކަށް ވިއްކުމަށް ހަމަޖެހިފައިވާ ޔުނިޓު ތަކެކެވެ. މިގޮތުން ޑިވެލޮޕަރުގެ ފަރާތުން ވިއްކުމަށް ހަމަޖެހިފައިވާ މިޑް ލެވެލް ހައުސިން ޔުނިޓުތަކުގެ އަގެއްގެ ގޮތުގައި އަކަފޫޓަކަށް 2،400 ރުފިޔާއަށް ވުރެއް ބޮޑު ނޫން އަގެއް ހަމަޖެއްސުމަށް މި އެއްބަސްވުމުގެ ދަށުން ވަނީ ކަނޑައެޅިފަ އެވެ.
ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކޮށް ފެންވަރު ރަނގަޅު އަދި ޖާގައިގެ ގޮތުން ތަނަވަސް ފުލެޓުތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން މި މަޝްރޫއުގެ އިތުރުން ގިނަ ޕްރޮޖެކްޓްތަކެއް ކުރިއަށް ވެސް ރޭވިފައި ކަމަށް އެޗްޑީސީން ބުނެ އެވެ.
ވެށިފެހި ޕޮރުގުރާމްގެ ދަށުން މާލޭގައި އެޅި ގާކޮށި ފުލެޓާއި އަރަބިއްޔާ ހުރި ބިމުގައި އެޅި ފުލެޓް ދޭން ކަންޑައެޅި އަގު ސަރުކާރު ބަދަލް ވުމާއިއެކު ބަދަލްވި، ހިޔާ ފުލެޓަށްވެސްވީ ހަމަ އެފަދައިން އެޅި ސަރުކާރުން އަގުހެޔުކޮށްދޭން ނިމި ސަރުކާރު ބަދަލް ވުމާއި އެކު އަގު ބަދަލްވެއްޖެ. މީކަންހިގަމުން އަންނަގޮތް. މިހާރު ހިގަމުންދާ ސަރުކާރުގެ ކުރީ ކޮޅުގައި ބޯހިޔާވަހިކަން ބޭނުން މީހުން ރެޖިސްޓުރީ ކުރަން ޕޯޓަލްއެއްވެސް ހެދި މިހާރު އެވީތަނެއްވެސް ނޭގޭ، ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ހައްތާވެސް !
ތި ފުލެޓު ބިމުން މައްޗަށްކަށް ނައަރާނެ. ލަދުކުޑަވިޔަސް ތީބޮޑުވަރު. އަދިވެސް މީހުންނަށް ނަނާ ހުވަފެން ދައްކަން ތިއުޅެނީ. ދެންހެވޭ ފުލެޓު ނޭޅިޔަސް. މިހާރު ވީވަރު ރަގަޅު. ދިރިއުޅޭނެ ރަގަޅު ޤައުމެއް ހޯދައިގެން މިޤައުމު މިއޮތް ހާލުގައި ބާއްވާފައި ދޭ. ވަގު ސަރުކާރު
ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން އަބަދުވެސް ރައްޔިތުންގެ ޖީބު ފެލުން، ވެރިކަން ބަދަލްވެ ދެން އަންނަ ބަޔަކު ތިތަން ދޭނީ އަގުބޮޑުކޮށް، ހިޔާ ފުލެޓްވެސް ދޭން އޮތީ 5000ރ އަށް ކުރީ ސަރުކާރުން، ސަރުކާރު ބަދަލްވުމާއި އެކު އަގުބަދަލްކޮށްފި ހައްތާވެސް ޗޯރުން މިއުޅެނީ ރައްޔިތުންފެލާ !