އަނެއްކާވެސް އިތުރު ތިން ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
މިއަދު މޮނިޓަރިންގެ ހާލަތަށް ގެނައީ ގއ. ކަނޑުހުޅުދު އާއި ރ. އަލިފުއްޓާއި މ. މަޑުއްވަރީ އެވެ. އެރަށްތައް މޮނިޓަރިންގެ ހާލަތަށް ގެނައި ނެގި ރެންޑަމް ސާމްޕަލެއް ޕޮޒިޓިވްވުމުންނެވެ.
އަލިފުއްޓާއި ކަނޑުހުޅުދޫން ޕޮޒިޓިވްވީ ސްކޫލް ކުދިންނެވެ. ކަނޑުހުޅުދޫން ޕޮޒިޓިވްވީ މެދުއުމުރުގެ މީހެއް ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.
މިއީ އަލިފުށި މޮނިޓަރިންގެ ހާލަތަށް ގެނައި ދެވަނަ ފަހަރެވެ. އަދި ކަނޑުހުޅުދޫ އާއި މ. މަޑުއްވަރީ މޮނިޓަރިންގެ ހާލަތަށް ގެނައި މިއީ ފުރަތަމަ ފަހަރެވެ.
މިވަގުތު މޮނިޓަރިންގެ ހާތަލަތުގައި އޮތީ 18 ރަށެކެވެ.
އީރާނުގެ ކަނޑު ބަންދުކޮށް އިގްތިސާދީ ފިއްތުން އިތުރު ކުރަނީ
މިއީ 1999 ގެ ފަހުން ޔޫރަޕަށް ފެނުނު އެންމެ ފުރިހަމަ އިރުކޭތަ
ޓްރަމްޕް ޓްރަކްގައި ފިއްލެވުމުން އީރާނުން މަލާމާތް ކުރަނީ
