ހިޔާ ފްލެޓް ލިބިފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން ވެލިގާ ހާޑްވެއާ އާއި އެ ކުންފުނީގެ ދަށުން ހިންގާ ބްލަންކުން ހާއްސަ ޕެކެޖެއް ތައާރަފުކޮށްފި އެވެ.
ފްލެޓް ފިނިޝިން މަސައްކަތަށް ކޮންމެހެން ބޭނުންވާނެ ހުރިހާ ސާމާނެއް ހިމަނައިގެން އެކުލަވާފައިވާ މި ޕެކޭޖުގެ އަގަކީ 33,000 ރުފިޔާ އެވެ. ޕެކޭޖުގައި ހިމެނޭ ސާމާނުގެ އިތުރުން ވެސް ކަސްޓަމަރުން ބޭނުންނަމަ އެޑް-އޮންސްގެ ގޮތުގައި ކަސްޓަމަރުންނަށް ބޭނުންވާ ތަކެތި ހާއްސަ އަގެއްގައި ލިބޭނެ އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހާޑްވެއާގެ ވިޔަފާރިކުރާ ވެލިގާގެ ކޯޕަރޭޓް ސޭލްސް މެނޭޖަރު މިފްޒާން މުހައްމަދު ވިދާޅުވީ ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ މިޕެކޭޖްގައި ފްލެޓަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބެން ހުންނާނެ ކަމަށެވެ. އަދި ކަސްޓަމަރަކު ބޭނުންވާ ގޮތަކަށް މި ޕެކޭޖު ބަދަލުކޮށްލުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ޕެކޭޖުން ފްލެޓަށް ބޭނުން ވާނެ ހުރިހާ ސާމަނެއް ކަސްޓަމަރުންނަށް ލިބޭނެ. އިތުރަށް ބޭނުންވާ ސާމާނާއެކު ޕެކޭޖް ކަސްޓަމައިޒް ވެސް ކުރެވޭނެ. ޕެކޭޖުގެ އިތުރުން މިހާރު އަޅުގަނޑުމެން ވާނީ ހިޔާ ފްލެޓަށް ހާއްސަ ކޮށްގެން އައިޓަމް ކެޓަލޮގެއް ވެސް ހަދައިފަ. އެކި ރޭންޖުތަކުގެ ކަސްޓަރުންނަށް ބޭނުން ވާނެ ހުރިހާ ސާމާނެއް މީގެން ބަލާލެވެން ހުންނާނެ،" މިފްޒާން ވިދާޅުވި އެވެ.
ވެލިގާގެ ހުރިހާ ފިހާރައަކުން ވެސް ކަސްޓަމަރުންނަށް މި ޕެކޭޖު ނެގޭނެ އިންތިޒާމު ހަމަޖެހިފައިވާ އިރު, މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ), އެމްއެފްއެލްސީ އަދި ބީއެމްއެލް ފައިނޭންސިން މެދުވެރިކޮށް ވެސް ކަސްޓަމަރުންނަށް ޕެކޭޖު ނެގޭނެ އެވެ. އަދި ޕެކޭޖާ ބެހޭގޮތުން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކަށް 3337827 ގުޅައިގެން އަދި [email protected] އަށް އީމެއިލް ކޮށްގެން މައުލޫމާތު ސާފުކުރެވޭނެ އެވެ.
ކޮންގޯ އިން ޕޯޗުގަލް ހިފަހައްޓައިފި
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!
މުއިއްޒަކީ ބޭވަފާތެރިއެއް: ނަޝީދު
