ކެއްކުމަކީ ފަންނެކެވެ. ވަރަށް ފަރުވާތެރިކަމާއެކު ކުރަން ޖެހޭ ކަމެކެވެ. އެއީ ހެދޭ އެންމެ ގޯހަކުން ވެސް ކައްކާ ކާނާގެ ރަހަ މުޅިން ބަދަލުވެދާނެތީ އެވެ.

ކައްކަން ކިތަންމެ މޮޅު މީހަކަށް ވެސް ގޯހެއް ހެދިދާނެ އެވެ. އަޅަން ނުވާ އެއްޗެއް އެޅިދާނެ އެވެ. ނުވަތަ އަޅަންވާ ވަރަށްވުރެ ގިނައިން އެޅިދާނެ އެވެ.

ކާއެއްޗެހީގެ ލޮނުގަދަވުމަކީ ބައެއް ފަހަރު ވެދާނެ ކަމެކެވެ. މިގޮތަށް ކަންތައް ވެއްޖެނަމަ ކާއެއްޗެހީގެ ރަހަ ހެޔޮވަރުކުރުމަށް ބޭނުން ކުރެވިދާނެ އުކުޅެއް އިންޑިއާގެ ޝެފެއް ކަމަށްވާ ޝެފް ދާމޫ ވަނީ ހިއްސާ ކޮށްދީފަ އެވެ.

https://www.instagram.com/p/CR3wCLfDVlB/?utm_source=ig_embed&ig_rid=b1d1ef25-0d7a-4ad2-9455-b3694e5bdc83&ig_mid=FD8C9BAE-CB42-48C0-AB38-457CC572ED19

އެގޮތުން ކެއްކުމުގައި ލޮނު މާ ގިނައިން އެޅިއްޖެނަމަ ދެ ސައި ސަމުސާ ހަކުރާއި ބައި ސަމުސާ ކޮތަނބިރި ޕައުޑަރު އަދި އެއް ސައި ސަމުސާ ލުނބޯ ހުތް އެއްކޮށްލުމަށްފަހު ކާއެއްޗެއްސަށް އަޅައި އެއްކޮށްލާށެވެ.

މަތީގައި ދެންނެވުނު ގޮތަށް އަމަލު ކޮށްފިނަމަ ކާއެއްޗެހީގެ ލޮނު ރަހަ ހެޔޮވަރު ކޮށްދީ ހެދުނު ގޯސް ރަނގަޅު ކޮށްލެވިދާނެ އެވެ.