ކޮންމެ ކެއުމަކީ ވެސް އެއިން ކޮންމެ ވެސް މިންވަރެއްގެ ފައިދާތަކެއް ނުވަތަ ގެއްލުންތަކެއް ލިބޭ ކެއުމެކެވެ. ބައެއް ކެއުންތަކުން ވަކި ފައިދާތަކެއް ލިބޭއިރު، ސިއްހީ ވަކި އަމާޒެއް ހާސިލު ކުރުމަށްޓަކައި ވަކި ކެއުންތަކެއް ކެއުމަށް ޑޮކްޓަރުން ލަފާދެ އެވެ. އެގޮތުން މި ބަލާލަނީ ވިސްނުން ތޫނުކުރުމަށްޓަކައި ކެވިދާނެ ބައެއް ކެއުންތަކަށެވެ.
ފެހި ތަރުކާރީ
ފެހި ތަރުކާރީއަކީ ގިނަ ބަޔަކު ނުކައި ދޫކޮށްލާ އެއްޗެއް ނަމަވެސް އެއީ ސިކުނޑީގެ ދުޅަހެޔޮ ކަމަށް ވަރަށް ފައިދާހުރި އެއްޗެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ. ސްޕިނަޗްއާއި ބްރޮކޮލީގައި ހިމެނޭ ފޮލޭޓް ނަމަކަށް ކިޔާ މާއްދާއެއްގެ ސަބަބުން ސިކުނޑިން މައުލޫމާތު ނަގައިދިނުން އަވަސް ކޮށްދެ އެވެ.
ބިސް
މިނަރަލްސް އާއި ވިޓަމިން ގިނަ އަދަދަކަށް ހިމެނޭ ބިހަކީ އޭގައި ހިމެނޭ ދަގަނޑުގެ ބައިން ސިކުނޑިއަށް އޮކްސިޖަން ފޮނުވައިދިނުން އަވަސްކޮށްދޭ އެއްޗެކެވެ. ނަތީޖާއަކަށް ވަނީ ސިކުނޑީގެ މަސައްކަތްތައް ރަނގަޅުވެ ވިސްނުން ތޫނުވުމެވެ.
ގްރީން ޓީ
ސިކުނޑި އުފެދިފައިވަނީ 80 ޕަސެންޓް ފެނުންކަން އެނގޭ ހެއްޔެވެ؟ އެހެންކަމުން ސިކުނޑިއަށް ބޭނުންވާ ވަރަށް ފެން ލިބުމަކީ ސިކުނޑީގެ މަސައްކަތްތައް ރަނގަޅު ގޮތުގައި ހިނގުމަށް އެހީވެދޭ ކަމެކެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ދުވާލަކު ގްރީން ޓީ ތައްޓެއް ބުއިމަކީ ސިކުނޑީގެ ބަލިތަކުން ދުރުކޮށްދޭނެ ކަމެކެވެ.
ރައީސްގެ ވައުދަކަށް ވީތީ އުފެއްދި ސިޓީސް މިނިސްޓްރީ އުވާލައިފި
ދެ ދައުވާއެއް ސާބިތުވެ، ސާހިލް 3 އަހަރަށް ޖަލަށް
އާޝާގެ އަޑުން އިސްލާމީ އަސަރުގަދަ މަދަހަތަކެއް!