ކޮކޯ ސްޓޫޑިއޯގެ ފުރަތަމަ ޑްރާމާ ސީރީޒް "ލޯބިވިޔަސް" ބައިސްކޯފުގައި ދައްކަން ފަށައިފި އެވެ.

އަށް އެޕިސޯޑުގެ މައްޗަށް އެކުލެވޭ މި ޑްރާމާ ސީރީޒްގެ ފުރަތަމަ އެޕިސޯޑު މިހާރު ބައިސްކޯފުން ބަލައިލެވޭނެ އެވެ.

ކުޅަދާނަ ވާހަކަ ލިޔުންތެރިޔާ މަރްޔަމް މޫސާ (މަރީ)ގެ ވާހަކައަކަށް ހަދާފައިވާ "ލޯބިވިއަސް" އަކީ މިހާރުގެ މުޖުތަމައުގައި އާންމު މައްސަލައަކަށް ހަދަފައިވާ ސީރީޒެކެވެ.

ކޮކޯ ހަސަން ހަލީމް ކެމެރާ ކޮށްފައިވާ އެ ޑްރާމާގެ މެއިން ކާސްޓުންގެ ތެރޭގައި އަހުމަދު އީސަ (އާނަންދު)، ނުޒުހަތު ޝުއައިބް (ނުޒޫ)، ނާޝިދާ މުހައްމަދު (ނާއްކޮ) އަދި މަރްޔަމް މަޖުދާ (މަޖޫ)ގެ އިތުރުން ފައިސަލް ހިމެނެ އެވެ.

އޭގެ އިތުރުން އަހުމަދު އާސިމް އާއި އައިޝަތު އަލީ، އަހުމަދު ޝާން، ޝިފާނާ (ދޮނާ) އަދި ރަޝާދުގެ އިތުރުން އަލަށް ފިލްމީ ދާއިރާއަށް ތައާރަފްވާ މާއިޒްގެ އެކްޓިން "ލޯބިވިއަސް" އިން ފެންނާނެ އެވެ.

"ލޯބިވިޔަސް"ޑައިރެކްޓް ކޮށްފައިވާ ފައިސަލް ވަނީ ކާމިޔާބު ސީރީޒްތައް ކަމަށްވާ "އުމުރަށް ސަލާމް" އާއި "ހުވާ" ފަދަ ވެބް ސީރީޒްތައް ޑައިރެކްޓް ކޮށްފަ އެވެ.