ސިއްހީ ދާއިރާގެ މުވައްޒަފުންނަށް އޮޅިގެން މި މަހު ބޮޑު މުސާރައެއް ޖަމާކޮށްފި އެވެ.
ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ބުނީ ބައެއް މުވައްޒަފުންނަށް 70،000 ރުފިޔާ ސަރުކާރުން މުސާރައިގެ ގޮތުގައި މި މަހު ދީފައިވާ ކަމަށެވެ.
އެއީ ފިނޭންސް މިނިސްޓްރީއަށް އޮޅިގެން ކުރެވުނު ކަމެއް ކަމަށް ވެސް ސިއްހީ ދާއިރާގެ އޮފިޝަލަކު ވިދާޅުވި އެވެ.
ބައެެއް މުވައްޒަފުންނަށް ބޮޑު މުސާރައެއް ދީފއިވާއިރު، އާދަޔާ ހިލާފަށް ކުޑަކޮށް ބައެއް މުވައްޒަފުންނަށް މުސާރަ ޖަމާކޮށްފައިވެ އެވެ.
މިކަމާ ގުޅޭގޮތުން ހެލްތު މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީން އަދި ވަކިއެއްޗެއް ނުބުނެ އެވެ.
މިކަމާ ގުޅިގެން ބައެއް މުވައްޒަފުން އަންނަނީ ނުރުހުންފާޅު ކުރަމުންނެވެ. އަދި އެކަން ބަލަމުން އަންނަ ކަމަށް ބައެއް ސިއްހީ ހިދުމަތްދޭ ތަންތަނުން ވަނީ މުވައްޒަފުންނަށް އަންގާފަ އެވެ.
އޭ ލެވެލް އިމްތިޚާނުގެ ނަތީޖާ ދޫކުރަން ފަށައިފި
މިއީ 1999 ގެ ފަހުން ޔޫރަޕަށް ފެނުނު އެންމެ ފުރިހަމަ އިރުކޭތަ
މާ ގިނައިން ޓީވީ ބެެލުމަކީ ސިކުނޑިއަށް ގެއްލުންހުރި ކަމެއް!

ތީ ޖެހިފަވާ ބައްޔެއް. ވާނުވާއެއް ނޭންގޭ.
އޮޅޭ ސަރުކާރު