ކަޒަކިސްތާންގެ ގައުމީ އެއާލައިން، އެއާ އަސްތާނާއިން އަންނަ މަހު ރާއްޖެއަށް އަލުން ދަތުރުތައް ފެށުމަށް ނިންމައިފި އެވެ.
އެއާ އަސްތާނާއިން އަންނަމަހު އަލުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ނިންމާފައިވާއިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވެސް އެ އެއާލައިނުން ވަނީ ރާއްޖެއަށް ދަތުރުތައް ބާއްވާފަ އެވެ. އޭރު އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ބޭއްވީ ފިނި މޫސުމާއި ދިމާކޮށް ހަފްތާއަކު ތިން ދުވަހު އެވެ.
ވިޒިޓް މޯލްޑިވްސްއިން ވަނީ މިއަހަރުގެ ތެރޭގައި އެއާ އަސްތާނާއާއި ގުޅިގެން ކެމްޕެއިނެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. މި ކެމްޕެއިންގެ މަގުސަދަކީ ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ކަޒަކިސްތާންގައި އިޝްތިހާރުކޮށް އެ ގައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުން ކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ބުނެފަ އެވެ.
ކަޒަކިސްތާން ހިމެނެނީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 8 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމުގެ ގޮތުގަ އެވެ.
ރާއްޖެ އެތެރެކުރި 800 ވޭޕް ކާޓްރިޖް އަތުލައިގެންފި
ތާބޫގެ ޝަހުސީ ހައްގުތައް ހިމާޔަތް ކުރަން ދިއްލީ ހައި ކޯޓަށް!
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!