ށ. ފުނަދޫގައި އެކިއެކި ޚިދުމަތްތައް ތަރައްގީކުރުމުގައި ސަރުކާރުގެ ވިސްނުމަކީ ށ އަތޮޅުގެ ތަރައްގީގެ މަރުކަޒެއްގެ ގޮތުގައި އެރަށް ތަރައްގީކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ފުނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ފުނަދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށްގިރުމާއި ގެދޮރުގެ ދަތިކަމާއި އެއާޕޯޓަށް ދަތުރުކުރާ މަގު ރަނގަޅު ފެންވަރަކަށް ހެދުމާއި، ފަރުކޮޅާ ގުޅިގެން ހުރި ކަންބޮޑުވުންތަކާއި އަދި ހޮސްޕިޓަލުގެ ބޭނުމަށް ކޮވިޑާ ގުޅިގެން ނަގާފައިވާ ބައެއް އިމާރާތްތައް އަލުން ބޭނުންކުރެވޭ ގޮތްވުމާއި އަދި މި ނޫން ވެސް ރަށުގެ އިޖްތިމާއީ އިގްތިސާދީ ތަރައްގީއަށް މުހިންމު ކަންކަމާއި ޒުވާނުންނާއި ރަށުގެ ރައްޔިތުންގެ ކަންބޮޑުވުން ހުރި މުހިންމު މައްސަލަތައް ހިމެނެ އެވެ.
މި ބައްދަލުކުރެއްވުމުގައި ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ރައްޔިތުންގެ ލާބައާ މަންފާއަށް އެ ކޮމެޓީން ކުރިޔަށްގެންދަން ބޭނުންވާ ތަމްރީނުތައް ފަދަ ކަންކަން ކުރިޔަށް ގެންދިއުމަށް އަންހެނުންގެ މަރުކަޒެއް ހުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ފުނަދޫގައި އެއާޕޯޓާއި ބަނދަރާއި ހޮސްޕިޓަލާއި ސްކޫލްފަދަ ތަންތަނުގެ ޚިދުމަތްތައް ފުޅާކުރެވިގެންދާނީ ށ. އަތޮޅުގެ ތަރައްގީގެ މަރުކަޒުގެ ގޮތުގައިކަމަށެވެ. ފަރުކޮޅާ ގުޅޭގޮތުން ކައުންސިލުން ފާހަގަކުރެއްވި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސް ސޯލިހު ވަނީ އެ ރަށަކީ ރަށު ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި މިހާރު ވެސް ހިމެނޭ ރަށެއްކަން ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުން ރައީސް ސޯލިހު ވަނީ ކޯވިޑްގެ ބަލިމަޑުކަމާހުރެ ވަރަށް ގިނަ ރަށްތަކެއްގައި ކުރިޔަށްގެންދިޔަ ޕްރޮޖެކްޓްތައް މަޑުޖައްސާލަން ނުވަތަ ފަސްކޮށްލަން ޖެހުނު ނަމަވެސް މިހާރު ރާއްޖޭގެ އިގްތިސާދީ ހާލަތު އަލުން ރަނގަޅުވާން ފަށާފައިވާތީ ޕްރޮޖެކްޓްތައް އަލުން ފަށައިގަނެވޭ ގޮތްވެފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި ފުނަދޫ ކައުންސިލުން ފާހަގަކުރެއްވި ގެދޮރުގެ ދަތިކަމާއި ރަށްގިރުންފަދަ ރައްޔިތުންނަށް މުހިންމު މައްސަލަތަކަށް ސަރުކާރުގެ އިދާރާތަކާއި މަޝްވަރާކުރައްވައިގެން ޙައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ފުނަދޫ ކައުންސިލާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ވަނީ ށ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އެތަނުގެ ޙާލަތު ބައްލަވައިލައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ށ. ފުނަދޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ މިލަދުންމަޑުލު އުތުރުބުރީގެ 4 ރަށަކަށާއި، މާޅޮސްމަޑުލު އުތުރުބުރީގެ 4 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ.
ފުނާދޫ ތަރައްގީކުރާނީ މަރުކަޒީ ރަށެއްގެ ގޮތުގައި ކަމަށް ރައީސް އިބޫ ވިދާޅުވިނަމަވެސް މަމެން އެއްގޮތަކަށް ވެސް އެކަމަށް ތާއީދު ނުކުރާނަމޭ ރާއްޖެތެރޭގެ އެއްވެސް ރަށެއް ދެން މަރުކަޒީ ރަށެއްގެ ގޮތުގައި ތަރައްގީ ކުރާނެ ކަމެއް ނެތޭ ކެޕިޓަލް އިންވެސްޓްމެންޓެއް ވެސް ކުރާނެ ކަމެއް ނެތޭ ރާއްޖެތެރޭގެ 10 ހާހުން ދަށުގެ އާބާދީ މާލެ ސަރަހައްދަށް ބަދަލު ކޮށްލަން މާލެ ސަރަހައްދުގެ ފަޅުތައް ހިއްކަންވީއޭ ރައީސް އިބޫ ބަލަނީ އެއީ ކުދި އާބާދީ ތަކުގައި މީހުން ބައިތިއްބައިގެން އެމެން ވާވައްދައިގެން ވޯޓް އިން ވައްކަން