މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ލަމްހާ ލަތީފް ނުވަތަ އާންމު ނަމުން ނަމަ ލަމްއަށް ދަރިޔަކު ލިބުމުން ގިނަ ބަޔަކު އަންނަނީ މަރުހަބާ ކިޔަމުންނެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން-2 ގެ ހޯސްޓް އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ލަމް އާއި އޭނާގެ ފިރިމީހާ އަހުމަދު މުއާޒް (ކުޑަ މުއާ) އަށް ލިބިފައި ވަނީ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާއަށް ކިޔާފައި ވަނީ މުލައިލް އަހުމަދު މުއާޒް އެވެ.

ލަމް އާއި ކުޑަ މުއާ ކައިވެނި ކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖޫން މަހު އެވެ. ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ކައިވެނި ކޮށްފައިވާ މި ޖޯޑަކީ ގިނަ ބައެއްގެ މެދުގައި މަގްބޫލު ޖޯޑެކެވެ.

https://www.instagram.com/p/CR3J64hnj92/

ކައިވެންޏަށް ހަތަރު އަހަރު ފަހުން އަލަތު ދަރިފުޅު އުފަންވީ އުފާވެރި ޚަބަރު ލަމް އާއި ކުޑަ މުއާ ހިއްސާ ކުރީ މިދިޔަ ހަފްތާގަ އެވެ. އަދި ތުއްތު ދަރިފުޅު އުރާލައިގެން ލަމް ހޮސްޕިޓަލުގެ އެނދެއްގައި އިން ފޮޓޯއެއް ވެސް އިންސްޓަގްރާމް ސްޓޯރީގައި ހިއްސާ ކޮށްފައިވެ އެވެ.

ލަމް އާއި އޭނާގެ ދަރިފުޅާއެކު

ލަމް އިނީ އަލަތު ދަރިފުޅަށް ބަލިވެކަން އޭނާ ހާމަކުރި ހިސާބުން ލަމް އާއި އޭނަގެ މާބަނޑު ހަޔާތުގެ ދުވަސްތައް އިންސްޓަގްރަމްގައި ހިއްސާކުރަމުންނެވެ.

ލަމް އާއި ކުޑަ މުއާއަކީ ޓްރެވެލް ކުރުމަށް ވަރަށް ޝައުގުވެރިކަން ހުންނަ ދެމީހުންކަން ހާމަކޮށްފައިވާއިރު، މި ދެމަފިރިން ވަނީ އެކުގައި އެކި ގައުމުތަކަށް ދަތުރުކޮށްފަ އެވެ. ލަމް ބަނޑު ބޮޑުވުމަށްފަހު ވެސް މި ދެމަފިރިން ވަނީ ދުބާއީއަށް ދަތުރުކޮށްފަ އެވެ.

https://www.instagram.com/p/CTUxn60P2xX/

ލަމްއަކީ ލަވަކިޔުމުގެ އިތުރުން، ހޯސްޓު ކުރުން، އަދި އެކްޓިންގެ ދާއިރާއިން ވެސް މިހާރު ފެންނަ ފަރާތެކެވެ. އެގޮތުން މިދިޔަ ރޯދަމަހު "ލަމްސް ކިޗަން" ގެ ނަމުގައި މީޑިއާނެޓުން ގެނެސްދިން ކައްކާ ޝޯގެ މަސައްކަތް ވަރަށް ފާހަގަކޮށްލެވެ އެވެ.

https://www.youtube.com/watch?v=PfMP4HX-hRw

މީގެ އިތުރުން އޯކޭޒް އާއި ބައިސްކޯފް އެޕް ގުޅިގެން ގެނެސްދިން ރާއްޖޭގެ ފުރަތަމަ ސިޓް-ކޮމް ސީރީޒް، "ކަރު ހަކުރު"ގައި ވެސް ލަމްގެ ހުނަރު ވަނީ ފެނިގެން ގޮސްފަ އެވެ. އަދި ލަމް އާއި މުއާއެކުގައި ލަވައެއް ވެސް ވަނީ ކުޅެފަ އެވެ.