ބައެއް ބާވަތްތަކުގެ ކާނާއަކީ އެތަކެތީގެ ރައްކާތެރިކަން ޔަގީން ކުރުމަށްޓަކައި ވަކި ގޮތަކަށް ގެންގުޅެން ޖެހޭ ތަކެއްޗެވެ. މި ލިޔުމުގައި މި ބަލާލަނީ އެތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އައިސް އަލަމާރިއަށް ނުލާންވީ ބައެއް ކާނާގެ ބާވަތްތަކަށެވެ.
ޓޮމާޓޯ
ޓޮމާޓޯ އައިސް އަލަމާރީގައި ރައްކާކޮށްފި ނަމަ އޭގެ މުއްސަނދި ރަހަ ގެއްލިގެންދެ އެވެ. އެހެން ކަމުން ޓޮމާޓޯއިން ދޭ މީރު ރަހަ ބަހައްޓަން ބޭނުން ނަމަ އައިސް އަލަމާރިއާ ދުރު ކުރާށެވެ.
ދޮންކެޔޮ
ދޮންކޭލަކީ ދޮންވުމަށްޓަކައި މެދުމިންވަރެއްގެ ހޫނުމިން ބޭނުންވާ އެއްޗެކެވެ. ރޯކޮށް ބަހައްޓަން ނޫނީ ދޮންކެޔޮ އައިސްއަލަމާރިއަށް ނުލާށެވެ. އެންމެ ރަނގަޅު ގޮތަކީ ވައި ލިބޭ ގޮތަށް ދޮންކެޔޮ ބެހެއްޓުމެވެ.
މާމުއި
ދިގު މުއްދަތަކަށް މާމުއި ނުބައިނުވެ ހުންނަ ސަބަބަކީ އޭގައި އެކުލެވޭ ހަކުރެވެ. މާމުއި އައިސްއަލަމާރިއަށް ލައިފި ނަމަ ހަރުވެ ކާން އުނދަގޫވާނެ އެވެ.
ލޮނުމެދު
ލޮނުމެދު އައިސް އަލަމާރިއަށް ލައިފި ނަމަ އޭގެ އަސްލު ރަހަ ބަދަލުވެ މޫ ފޭބުން އެކަށީގެންވެ އެވެ. ވައި ދައުރުވާ ގޮތަކަށް ބަހައްޓައިފި ނަމަ ލޮނުމެދު ނުބައިނުވެ މަހެއްހާ ދުވަހު ހުންނާނެ އެވެ.
ފިޔާ
އައިސް އަލަމާރިއަކީ ފިޔައަށް މާ ކަމުދާ ތަނެއް ނޫނެވެ. އައިސް އަލަމާރީގައި ފިޔާ ރައްކާކޮށްފި ނަމަ ފިޔާތައް މަޑުވެ އޭގެ އެންޓިއޮކްސިޑަންޓްސް މަދުވާނެ އެވެ.
ބިސް
ފިހާރަތަކުގައި ފެންނަ ފަދައިން ކުކުޅު ބިސް ބަހައްޓަން ޖެހޭނީ ހިކި ތަނެއްގަ އެވެ. އޭގެ ރައްކާތެރިކަން އެންމެ ރަނގަޅުވާނީ އެގޮތުގެ މަތިންނެވެ.
ޕާން
ބައެއް ބާވަތްތަކުގެ ކާނާ އައިސް އަލަމާރިއަށް ލައިފިނަމަ ހަރުވެ އޭގެ އަސްލު ގެއްލެ އެވެ. އެގޮތުން ޕާނަކީ ވެސް އައިސް އަލަމާރީގައި ރައްކާކޮށްފި ނަމަ ހަރުވެ ކާން އުދަނގޫވާނެ އެއްޗެކެވެ.