އެޗްއައިވީއަކީ ފަރުވާއެއް ނެތް ބައްޔެކެވެ. މި ބަލީގައި އެތައް ހާސް ބަޔަކު ދުނިޔެ ދޫކޮށްފައިވާއިރު، ބަލި ފެނުނުތާ 60 އަހަރު ފަހުން މިއަދު މިވަނީ މި ބައްޔަށް އޮތް ފަރުވާއެއްގެ އުއްމީދު ފެނިފަ އެވެ.
އީބީޓީ 101 ގެ ނަމުން ނަން ދީފައިވާ މި ބޭސްފަރުވާއަކީ އެކްސިޝަން ބައޯތެރަޕެޓިކްސް ބޭސް ކުންފުނިން އުފައްދައި ތައްޔާރުކުރަމުން އަންނަ ފަރުވާއެކެވެ.
މި ފަރުވާ އެޗްއައިވީ އިންޕެކްޓް ކޮށްފައިވާ މީދާތަކަކަށް ފަރުވާ ދިނުމަށް ބޭނުން ކުރުމަށްފަހު ކާމިޔާބުވުމުން އިންސާނުންގެ މެދުގައި ކްލިނިކަލް ޓްރަޔަލް ފެށުމަށް އެ ކުންފުނިން އަންނަނީ ތައްޔާރުމުންނެވެ.
އެކްސިޝަން ބައޯތެރަޕެޓިކްސްއިން ބުނި ގޮތުގައި މިފަރުވާ ކާމިޔާބު ވެއްޖެނަމަ އެޗްއައިވީ ބަލިމީހުންނަށް މިހާތަނަށް ދެމުން އައި ފަރުވާގެ ބަދަލުގައި އީބީޓީ 101 ބޭނުން ކުރަން ފެށޭނެ އެވެ.
އެޗްއައިވީއަށް މިހާރު ދެމުން އަންނަ ފަރުވާއަކީ ހަށިގަނޑުން ބަލި އެއްކޮށް ނައްތާނުލައި ބަލީގެ އާލާމާތްތަކާއެކު އުމުރު ދިގުކޮށްދޭ ފަރުވާ އެކެވެ. ނަމަވެސް މި އާ ފަރުވާއާއެކު ހަށިގަނޑުން އެޗްއައިވީ އެއްކޮށް ނައްތާލުމުގެ ފުރުސަތު އެބަ އޮތް ކަމަށް ސައިންސްވެރިން ބުނެ އެވެ.
އީބީޓީ 101 އަކީ އެޗްއައިވީގެ އިތުރުން ޖަނަވާރުންގެ ފަރާތުން ޖެހޭ ގައިންގަޔަށް ނާރާ ބައްޔެއް ކަމަށްވާ އެސްއައިވީއަށް ވެސް އޮތް ފަރުވާއެއް ކަމަށް މި ފަރުވާ އުފެއްދުމުގައި މަސައްކަތް ކުރާ މާހިރުން އުއްމީދު ކުރެ އެވެ.
އީބީޓީ 101ގެ ހިއުމަން ޓްރަޔަލްސް މި އަހަރުގެ ފަހުކޮޅު ފަށަން ތާވަލު ކޮށްފައިވާއިރު މިއީ މެޑިކަލް ސައިންސްގެ ތާރީޚުގައި ލިބިގެންދާ ބޮޑު ކުރިއެރުމެއް ކަމަށް ސައިންސްވެރިން ބުނެ އެވެ.