ވެންޓިލޭޓަރުތަކުގެ މައްސަލާގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ މައްޗަށް އިތުބާރު އޮތް ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމިފަހުން ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި 24 މެމްބަރަކު ސޮއިކޮށްގެން އިތުރުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަައިފި އެވެ.
އަމީންގެ މައްޗަށް އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނުފެންނަ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ 31 މެމްބަރަކު ވޯޓުދެއްވާފައިވެ އެވެ.
އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މަޖިލީހަށް ވެއްދޭނީ ޕީޖީ ގްރޫޕަށް ހުށަހަޅައި ފާސްކޮށްގެންނެވެ.
އަމީންގެ މައްޗަށް އިތުބާރު އޮތްކަމަށް ޕީޖީ ގްރޫޕުން ނިންމިއިރު، ކޮވިޑާ ގުޅިގެން 75 ވެންޓިލޭޓަރު ގެނައުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް އޭސީސީން ދައުވާކުރަން ފޮނުވުމުން ޕްރޮސެކިއުޓާ ޖެނެރަލް ވަނީ ދައުވާ ނުކުރަން ނިންމައިފަ އެވެ.
ސަރުކާރުގެ ކުންފުނިތަކުން ދެއްކި ހިއްސާގެ ފައިދާ %36 ދަށަށް
ކީމޯތެރަޕީގެ ވޭނަށް ނިމުމެއް: ކެންސަރު ނައްތާލާ އިންޖެކްޝަންއެއް!
އަހަރުގެ އެންމެ ބިރުވެރި ފިލްމު "އޮބްސެޝަން" ސިނަމާތަކުގައި!