ބަރުދަން ލުއިކުރުމަށް މަސައްކަތް ކުރާއިރު އެކި ކަހަލަ އުކުޅުތައް ބޭނުން ކުރުމަކީ ވަރަށް ގިނައިން ފެންނަ ކަމެކެވެ. އެގޮތުން މި ލިޔުމުގައި މި ބަލާލަނީ ބަރުދަން ލުއި ކުރުމަށް އެހީވެދޭ ބައެއް ބުއިންތަކަށެވެ.
ލުނބޯ އަދި މާމުއި ފެން
މިއީ ވަރަށް އާއްމުކޮށް މީހުން ބޭނުން ކުރާ ނަތީޖާ ފެންނަ ބުއިމެކެވެ. ލުނބޯގައި ހިމެނޭ އެސިޑް މާއްދާތަކާއި މާމުއިގައި ހިމެނޭ ކޫލިން މާއްދާތަކުގެ ސަބަބުން ބަރުދަން ލުއި ކުރުމަށް އެހީވެދެ އެވެ.
ކޮފީ އަދި ލުނބޯ ފެން
ކެފެއިން އެކުލެވޭ ކޮފީއަކީ ބަރުދަން ލުއި ކުރުމަށް މޮޅު އުކުޅެކެވެ. މި އުކުޅު އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ކޮފީ ތައްޓަށް ލުނބޯ ފޮއްޗެއް ފިތާލައިގެން ބޯށެވެ.
ލުނބޯ އަދި އިނގުރު ފެން
އިނގުރަކީ ބަނޑުގައި ޖަހާފައި ހުންނަ ސަރުބީ ވިރުވައި ބަނޑު ހިންދާލަން އެހީވެދޭ އެއްޗަކަށް ވީއިރު ލުނޯގެ އެސިޑް ބާރުތަކުން މިކަން އިތުރަށް ވަރުގަދަ ކޮށްދީ ނަތީޖާ ފެނުން އަވަސްކޮށްދެ އެވެ.
ދިރި ފެން
ދިރި ފެނަކީ ހަށިގަނޑުގެ ހޫނުމިން އިތުރުކޮށްދީ ސަރުބީ ވިރުން އަވަސްކޮށްދޭ ބުއިމެކެވެ. އެއްމޭޒުމަތީ ސަމުސާ ދިރި ފެން ފޮދެއްގައި ފަނަރަ މިނެޓް ވަންދެން ކެއްކުމަށްފަހު ފުރާނާލައިގެން ބޯލާށެވެ.
ފޮނިތޮށި އަދި އާފަލު ފެން
އާފަލަކީ ޑައިޓްރީ ފައިބާ ގިނަ އަދަދަކަށް އެކުލެވޭ މޭވާއަކަށް ވާއިރު ފޮނި ތޮށްޓަކީ ބަރުދަން ލުއި ކުރުމަށް އެހީވެދޭ އެންޓި އޮކްސިޑަންޓްސް މުއްސަނދި އެއްޗެކެވެ. މި ދެބާވަތް އެއްކޮށް ފެނަށް އަޅައިގެން ބޭނުން ކުރެވިދާނެ އެވެ.