ހިކަނދި ފަތަކީ ކެއްކުމުގައި ވަރަށް ގިނައިން ބޭޭނުންކުރާ ބާވަތެކެވެ. ކޮންމެ ކެއުމެއްގައި ހެން ބޭނުންކުރެވޭ މި ބާވަތަކީ ސިއްހީ ފައިދާތަކެއް އޭގައި ހިމެނޭ ބާވަތެކެވެ. އެގޮތުން މި ލިޔުމުގައި މި ބަލާލަނީ ހިކަނދި ފަތުން ލިބޭ ބައެއް ސިއްހީ ފައިދާތަކަށެވެ.
ހަކުރު ބައްޔަށް އެހީ އެއް
ހިކަނދި ފަތް އަވީގައި ހިއްކައިގެން މުގުރުމަށްފަހު ކޮންމެ ދުވަހަކު އެއް ސައި ސަމުސާއެއް ކެއުމަކީ ލޭގެ ހަކުރުގެ މިންވަރު ދަށް ކޮށްދޭނެ ކަމެކެވެ. ހާއްސަކޮށް މާބަނޑުއިރު ހަކުުރު ކޮންޓްރޯލްކުރުމަށް ހިކަނދި ފަތަކީ ވަރަށް ރަނގަޅު އެއްޗެކެވެ.
ވައިގެ އުނދަގޫތައް ލުއިކޮށްދޭ
ކިރުތަށްޓަކަށް ބައި ސަމުސާ ހިކަނދި ފަތުގެ ޕައުޑަރު އަޅައިގެން ހައިބަނޑާ ބުއިމަކީ ވައިގެ އުނދަގޫތަކަށް ލުއި ލިބޭ ކަމެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ.
ކޮލެސްޓްރޯލް ދަށްކޮށްދޭ
ހިކަނދި ފަތުގައި ހިމެނޭ އެންޓި އިންފްލެމޭޓަރީ އަދި އެންޓި ބެކްޓީރިއަލް މާއްދާތަކުގެ ސަބަބުން ހަށިގަނޑުގައި ހުންނަ ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދެ އެވެ. އަދި ކޮލެސްޓްރޯލް ދަށްވުމުގެ ސަބަބުން ލޭގެ ހިނގުން ވެސް އިތުރަށް ރަނގަޅު ކޮށްދެ އެވެ.
ބަރުދަން ލުއިކޮށްދޭ
ހިކަނދިފަތަކީ ރޮލަށް ކައިފިނަމަ ހަށިގަނޑުގެ ސަރުބާތައް ވިރުވައިދޭ އެންޓި އޮކްސިޑަންޓްސް ގިނަ އެއްޗެކެވެ. އެހެން ކަމުން ބަރުދަން ލުއި ކުރަން މަސައްކަތް ކުރާނަމަ ހެނދުނު ހައިބަނޑާ ފަސް ވަރަކަށް ހިކަނދި ފަތް ކާލާށެވެ.