ބާލިން (27 ސެޕްޓެމްބަރު) - ޖަރުމަނުގެ އާއްމު އިންތިހާބުގައި އެގައުމުގެ މިހާރުގެ ޗާންސެލަރު އެންޖެލާ މާކަލްގެ ކޮންޒަވޭޓިވް ޕާޓީ ހަނި ތަފާތަކުން ބަލިކޮށް އެގައުމުގެ ޑިމޮކްރެޓިކް ޕާޓީއިން ކާމިޔާބު ކޮށްފި އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ކޮންޒަވޭޒިވް ޕާޓީއަށް ވޯޓުގެ 24.1 ޕަސެންޓް ލިބުނުއިރު ޑިމޮކްރެޓިކްއިން އިންތިހާބު ކާމިޔާބު ކޮށްފައިވަނީ 25.7 ޕަސެންޓް ވޯޓު ހޯދައިގެންނެވެ.

ކޮންޒަވޭޓިވްގެ ފަރާތުން އިންތިހާބުގައި ވާދަކުރި އަރްމިން ލަސްޗެޓް ވިދާޅުވީ އިންތިހާބުގެ ނަތީޖާއަކީ ބަލައިގަނެވޭނެ ނަތީޖާއެއް ނޫން ކަމަށާއި ކޮންޒަވޭޓިވްގެ ވެރިކަމެއް ގެންނަން ކުރަން ޖެހުނު ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.

އިންތިހާބު ކާމިޔާބު ކުރި އޯލާފް ސްކޯލަޒް އަކީ މިހާރުގެ ޗާންސެލަރު އެންޖެލާ މާކަލްގެ ވެރިކަމުގައި ޖަރުމަނުގެ ފައިނޭންސް މިނިސްޓަރުކަން ކޮށްފައިވާ ބޭފުޅެކެވެ.

ސްކޯލަޒް އިންތިހާބު ކާމިޔާބު ކުރުމާއެކު މާކަލްގެ ދިގު ވެރިކަމަށް ނިމުމެއް އައީ އެވެ. 2005 ވަނަ އަހަރު މަގާމާ ހަވާލުވި މާކަލް ޖަރުމަނުގެ ޗާންސަރުކަން ކުރައްވާތާ 16 އަހަރު ވެއްޖެ އެވެ.

ސްކޯލަޒްގެ ވެރިކަމަށް އިސްވުމަށްފަހު އަންނަ އަހަރުގެ ކުރިން ކޯލިޝަން ސަރުކާރެއް އުފެއްދު

އިންތިހާބުގައި ދެން ވާދަކުރި ގްރީން ޕާޓީއަށް 14.8 ޕަސެންޓް ވޯޓު ލިބުނު ފެޑަރަލް ޕާޓީއަށް ލިބުނީ 11.5 ޕަސެންޓެވެ. އަދި ފާ ރައިޓް އަލްޓަނޭޓިވް އަށް ލިބިފައިވަނީ 10.3 ޕަސެންޓެވެ. -- އަލް އަރަބިއްޔާ