ކުރީގެ ސަރުކާރުން ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުގައި އާދަޔާ ހިލާފަށް ފެން ބިލު ބޮޑުވެފައިވާތީ، އެ މައްސަލަ ބަލަމުން އަންނަ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފި އެވެ.
ހިޔާ ފްލެޓްތަކުގެ ފެން ބިލު ބޮޑުވެފައިވާތީ އެކަމާ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ. މިކަމާއި ގުޅިގެން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ އެފަދަ މައްސަލަތަކެއް އެކުންފުނީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި ހިޔާ ފްލެޓްތަކަށް ފެން ބިލު ބޮޑުވި މައްސަލަ ދިރާސާ ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝާހު ވިދާޅުވީ މިމައްސަލަ މީޑިއާގެ ސަމާލުކަމަށް އައުމުގެ ކުރިންވެސް އެކުންފުނިން ބައެއް ކަސްޓަމަރުންނަށް ގުޅައި ބިލުގެ މައްސަލާގައި ކަސްޓަމަރުންނާ ވާހަކަ ދެއްކި ކަމަށެވެ. އެގޮތުން ބިލު އާއްމު މިންވަރަކަށް ވުރެ ބޮޑުކަން ކަސްޓަމަރުންގެ ސަމާލުކަމަށް ގެނެސް، ފްލެޓްގައި އެއްވެސް ލީކެއް ވެފައި ހުރިތޯ ބަލަން އެމްޑަބްލިޔުއެސްސީން އެދުނު ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް، އަސްލު ބައެއް ބިލްތައް މާގިނައިން ފެން ބޭނުން ކުރެވިފަ ހުރިހެން ހީވެގެން އަޅުގަނޑުމެން އިސްވެ ކަސްޓަމަރުންނަށް ގުޅާފަ ކަސްޓަމަރުންގެ ސަމާލުކަމަށް ގެނައީ،" ޝާހު ވިދާޅުވި އެވެ.
މިހާރު ހިޔާ ފްލެޓްގައި ބައެއް ފަރާތްތަކުން ދިރިއުޅެން ފަށާފައިވާއިރު އަނެއް ބަޔަކު އަންނަނީ ފްލެޓްގެ ފިނިސިން މަސައްކަތް ކުރަމުންނެވެ. ފްލެޓްގެ ފިނިސިން މަސައްކަތް ނިންމުމަށް ހަތަރު މަސް ދީފައިވާއިރު އެދުވަސްތަކުގައި ފްލެޓްގެ ކުލި ނުނަގާ ގޮތަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
ހިޔާ ފްލެޓުތަކުގެ ކުލި ނަގަން ފަށާނީ އަންނަ ޖެނުއަރީ މަހުން ފެށިގެންނެވެ.
އެމްޑަބްލިޔު އެސްސީގެ އެމްޑީ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ