ރާއްޖޭގައި މިހާރު އެންމެ ކާމިޔާބު ފިލްމުތަކެއް އުފައްދަމުން އަންނަ ޑާކްރެއިން އެންޓަޓެއިންމެންޓުން ފިލްމު ކުޅުމަށް ބޭނުންވާ ފަރާތްތައް ހޯދުމަށް އިއުލާނުކޮށްފި އެވެ.

ޑާކްރެއިން އިން ބުނީ އެފަރާތްތަކުން އުފައްދާ ފިލްމުތަކުގައި މަސައްކަތް ކުރުމަށް ބޭނުންވާ ފަންނާނުން ނަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން 10 އަހަރާއި 60 އަހަރާއި ދެމެދުގެ ހުރިހާ ފަރާތްތަކުން އެޕްރޮޑަކްޝަން ހައުސްގެ [email protected] އީމެއިލް އަށް މެއިލް ކުރުމަށް ވަނީ އެދިފަ އެވެ.

ޑާކްރެއިން އިން ތަރިން ހޯދުމަށް އިއުލާނުކޮށްފައިވަނީ އެކުންފުނީގެ ފަރާތުން ކުރިއަށް އޮތް ތަނުގައި އުފައްދާ ފިލްމުތަކާއި ޑްރާމާތަކުގައި މަސައްކަތް ކުރުމަށެވެ.

https://www.instagram.com/p/CUh4GG4Jfc4/

ޑާކް ރެއިންއިން މިހާރު ކުރަމުންދާ މަސައްކަތްކުގެ ތެރޭގައި ޑްރާމާ ސިލްސިލާ ”ގިރިޓީ ލޯބި”ގެ މަސައްކަތް ހިމެނެ އެވެ. 20 އެޕިސޯޑުގެ މި ސިލްސިލާ ސްޓްރީމް ކުރުމަށް ހަމަޖެހިފައިވަނީ ބައިސްކޯފުގަ އެވެ.

"ގިރިޓީ ލޯބި" ގެ މައިގަނޑު ތަރިންގެ ތެރޭގައި ހުނަރުވެރި އެކްޓިންއެއް ދައްކަމުން އަންނަ މުޙައްމަދު ވިޝާލް (ރޯމަން) އާއި އައިމިނަތު ރަޝްފާ (އާޝާ)ގެ އިތުރުން މުޙައްމަދު މަނިކު، އަޙްމަދު ސަޢީދު، މުޙައްމަދު ފައިސަލް އަދި އާދަމް ރިޒްވީ (ރެކްސް) ހިމެނެ އެވެ. މީގެ އިތުރުން މުޅިން އާ މޫނު ތަކެއް ވެސް މި ސީރީޒުން ފެންނާނެ އެވެ.

މީގެ އިތުރުން ޑާކްރެއިންވެސް މަސައްކަތް ނުފަށާ އެތަކެއް ފިލްމުތަކެއް އެބަހުއްޓެވެ އެވެ.