ވެލަނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 8 މީހަކު ޒަހަމްވެއްޖެ އެވެ.

ފުލުހުން ބުނީ އެ އެއާޕޯޓުން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ، އެކްސިޑެންޓެއް ހިނގިކަމުގެ ހަބަރު އެ އިދާރާއަށް މިއަދުގެ 3:28 ގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ކާރު ކޮންޓްރޯލް ނުވެ، ތޮށިގަނޑު ކައިރިން ހިނގަން ހަދާފައިވާ ވޯކްވޭ ފެންސްގައި ޖެހި ފެންސް ފަޅާލާފައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ވޯކްވޭ މައްޗަށް ކާރު އަރައި އެކްސިޑެންޓުވުމުގެ ސަބަބުން ތިން މީހަކަށް އެކިވަރުގެ އަނިޔާވެފައިވާކަމަށެވެ. އަދި އެތިން މީހުންނަށް އެއާޕޯޓު މެޑިކަލް ޕޮއިންޓުގައި ފަރުވާދެމުން ގެންދާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެކްސިޑެންޓު ހިނގާދިޔަ ސަރަހައްދުގައި އާންމުންގެ ގިނަ ބަޔަކު އެއްވެފައިވާއިރު، މި އެކްސިޑެންޓުގައި އިތުރު ފަސް މީހަކަށް ވެސް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.