ބޮލީވުޑްގައި މަގުބޫލު ދެ ތަރިން ކަމަށްވާ ރާޖް ކުމާރު ރާއޯ އާއި ކިރްތީ ސެނޮންގެ "ހަމް ދޯ ހަމާރޭ ދޯ" މިމަހު 29 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ރިލީޒް ކުރުމަށް ނިންމައިފި އެވެ.
ރޮމޭންޓިކް ކޮމެޑީއެއްގެ ގޮތުގައި ގެނެސްދޭ މި ފިލްމަކީ ޒުވާން ދެމަފިރިއަކު ދަރިޔަކު ހޯދުމުގެ ބަދަލުގައި ދުވަސްވީ ދެ މީހަކު އެޑޮޕްޓް ކޮށްގެން އެ މީހުން މައިންބަފައިންގެ ގޮތުގައި ގެންގުޅެން ފެށުމުން އެ ހަތަރު މީހުންގެ މެދުގައި ހިނގާ މަޖާ ހެއްވާ ހާދިސާތަކެއް ފެނިގެންދާ ފިލްމެކެވެ.
"ބަރޭލީކީ ބަރްފީ" އަށް ފަހު ރާޖް އާއި ކިރްތީ ފެނިގެންދާ މި ފިލްމަކީ އަބީޝެކް ޖެއިން ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ.
ދިނޭސް ވިޖަން ޕްރޮޑިއުސް ކޮށްފައިވާ މިފިލްމުގައި މިދެތަރިންގެ އިތުރުން ފިލްމުން ޕަރޭޝް ރަވަލް، ރަތުނާ ޕާޓަކް ޝާހް އަދި އަޕަރުޝަކްތީ ކުރާނާ ފެނިގެންދާނެ އެވެ.
އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، އީރާނަށް ހަމަލާދޭން ތައްޔާރު
ދަތަށް އިލޮށިކޮޅު ހެރުން ރަނގަޅެއް ނޫން!
އީޔޫ އިން ޓެމޫ 297 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި