މިދިޔަ ބުރާސްފަތި ދުވަހު އދ. ދަނގެތީގައި މަރާލި މަހުމޫދުގެ މަރުގެ ތަހުގީގު އަވަސްކުރުމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައިފި އެވެ.
މަހުމޫދު މަރާލި މައްސަލާގައި މޭޔަރު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މަހުމޫދުގެ މަރުގެ ތަހުގީގު މިހާރަށް ވުރެ ބާރަށް ކުރިއަށް ގެންގޮސް އާއިލާއަށް އިންސާފު ހޯދައި ދިނުމަށް ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކަށް ގޮވާލާ ކަމަށެވެ.
"އދ. ދަނގެތީގައި އަނިޔާވެރިގޮތަކަށް މަރާލާފައިވާ މަހުމޫދު އަބޫބަކުރުގެ މަރުގެ ތަހުގީގު އަވަސްކޮށް އެ މަރުހޫމްގެ އާއިލާއަށް އިންސާފު ހޯދައިދިނުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލަން! މަހުމޫދުގެ އާއިލާއަށް އިޚްލާސްތެރި ތައުޒިޔާ ދަންނަވަން!" މޭޔަރު ޑރ. މުއިއްޒު ކުރެއްވި ޓުވީޓްގައި ވިދާޅުވި އެވެ.
އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި މިދިޔަ ބުރާފަސްތި ދުވަހު ފެނުނު އދ. ދަނގެތީ މޮނަލާޒް، މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައާ ގުޅިގެން އެރަށުން ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ އެވެ.
މަހުމޫދުގެ މަރާލި މައްސަލާގައި މީހަކު ހައްޔަރު ކޮށްފައިވާކަން ހާމަކުރުމަށް ފުލުހުން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ މަހުމޫދު މަރުގެ މައްސަލާގައި ދަނގެތީގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މީހާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނި ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
މަހްމޫދުގެ މަރާ ގުޅިގެން މީގެކުރިން ތިން ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެއީ ދެ ފިރިހެނަކާއި އަންހެނެކެވެ. އެ ތިން މީހުން މިހާރު ހައްޔަރުކޮށްފައިވާއިރު މިވަގުތު އެ މީހުން ހައްޔަރުކޮށްފައި ތިބީ މަހްމޫދުގެ މަރުގެ ތުހުމަތުގައި ނޫން ކަމަށް ފުލުހުން ބުނެ އެވެ.
މަހުމޫދުގެ މަރާލި މައްސަލާގައި ދައުލަތުގެ ވެރިން އެކަމާއި ގުޅިގެން ވަކި އެއްވެސް ބަހެއް ބުނެފައިނުވާތީ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.
މީގެ ކުރިން މިފަދަ ހާދިސާތަކާއި ގުޅިގެން ދައުލަތުގެ ވެރިން މިފަދަ އަމަލުތައް ކުށްވެރިކޮށް، މިކަންކަމުގެ އިންސާފު ގާއިމް ކޮށްދެއްވާނެކަމަށް ގެންދިޔައީ ވިދާޅުވަމުންނެވެ. ނަމަވެސް މިފަހަރު މިމަރަށް ތިން ދުވަސް ވެގެންދާއިރު ވެސް ކަމާއިބެހޭ އެއްވެސް ބޭފުޅެއްގެ ހިލަމެއް ނެތެވެ.
މިމަރާ ގުޅިގެން ރާއްޖޭގެ ރައްޔިތުންނަށް ވެސް ބޮޑު ސިހުމެއް ލިބިފައިވާއިރު، ވެރިންގެ ސަމާލުކަމަށް އެއީ މުޅިން އެހެން މަރެކެވެ. އިނގިރޭސި ވިލާތުގެ މަޖިލިސް މެމްބަރަކަށް ވަޅިން ހަމަލާދީ މަރާލުމާ ގުޅިގެން ރާއްޖޭގެ ހުރިހާ ވެރިން ގެންދަނީ މިކަމުގައި ކަންބޮޑުވުން ފާޅުކޮށް، އެއާއިލާއަށް ތައުޒިޔާ ދަންނަވަމުންނެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް މަހުމޫދުގެ އާއިލާއަށް ވެރިންގެ ފަރާތުން ތައުޒިޔާ ވިދާޅުވެ، ހިތްވަރު ދިނުމުގެ މެސެޖެއް ވެސް ފެނިފައެއް ނުވެ އެވެ.
މާލޭ ދަފްތަރު ބަންދުކޮށްފައިވާތީވެ އެހުޅުވާލަން މަމެން މާލޭގެ މޭޔަރު މުއިއްޒު އަށް ގޮވާލަމޭ ވަގުތު އޮތްވާ މިކަން ކުރަންވީއޭ އެނޫން ނަމަ މަމެން އަޑީގައި ތިބެގެން ކްލަބް ހައުސް ގައި އުފައްދާ ކްލަބްސް ތަކުން މިކެމްޕެއިން ކުރަން ފަށައިފިނަމަ ގޯސްވާނެއޭ އެއިރުން މާލެ ސިޓީ ކައުންސިލް ގް ކްރެޑިޓް ރޭޓިންގް ޒިރޯ އަށް ދާނެއޭ މާލެ ދަފްތަރަކީ އެއީ ބަންދުކުރަން ޖެހޭނެ އެއްޗެއް ނޫނޭ އެބަންދު ނުކޮށް އެމެނޭޖް ކުރަން އިނގެން ޖެހޭނެއޭ އެއީއޭ އިލްމް އުނގެނުމުގެ ބޭނުމަކީ އެކަން ކުރެވެން އިނގެން ޖެހޭނެއޭ ޖެހޭނެއޭ