މިއަހަރުގެ ފުރަތަމަ ހަ މަހު 54،644 ޓަނުގެ މުދާ ކްލިއާ ކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓް ލިމިޑެޓް (އެމްޕީއެލް) އިން ބުނެފި އެވެ.
އެމްޕީއެލްއިން ބުނީ މިއަހަރު ފުރަތަމަ ހަ މަހުގައި 183 އުނޅަދެއް ކައިރިކޮށް މުދާ ބާލާފައިވާ ކަމަށެވެ. އެގޮތުން 47،408 ކޮންޓެއިނަރު ބާލައި ކްލިއާ ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިކޮންޓެއިނަރުތަކުން 54،644 ޓަނުގެ މުދާ ކްލިއާ ކުރި ކަމަށް ވެސް އެކުންފުނިން ބުންޏެވެ.
މިދިޔަ އަހަރު ފަހުކޮޅު ކޮވިޑާ ގުޅިގެން ރާއްޖެއަށް އެތެރެކުރި މުދާ މަދުވި ނަމަވެސް މިއަހަރު ރާއްޖެއަށް އެތެރެކުރާ މުދާ އަންނަނީ އެދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.
އެމްޕީއެލް އިން މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު 49،700 ކޮންޓޭނާ ކްލިއާ ކުރި އެވެ. އެހެންކަމުން މިއީ މިދިޔަ އަހަރާ ވުރެ ގާތްގަނޑަކަށް 2،000 ކޮންޓޭނާ މަދު އަދަދެކެވެ.
ތޫފާން "ޑިޓުވާ" ދަތުރު ކުރަމުންދަނީ ރާއްޖެއާ ދުރަށް: މެޓް އޮފީސް
"އިމްރާން ޚާން ދިރިހުރިކަން ކަށަވަރުކޮށް ނުދެވުނު"
މޫޑީސްއިން ރާއްޖޭގެ ރޭޓިން "ސްޓޭބަލް"އަށް ބަދަލުކޮށްފި