ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނާ އެއްގޮތަށް ފުލުހުންގެ މުއައްސަސާގެ އެންމެހައި ކަންކަން ހިންގާނީ ހޯމް މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފި އެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާނޫނު ނަންބަރު 2008/5 (ފުލުހުންގެ ގާނޫނު)ގެ ދަށުން އުފައްދަވައި، މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން ހިނގަމުންދާ ގޮތަށް ހަމަޖައްސަވާފައިވާ "މޯލްޑިވްސް ޕޮލިސް ސާވިސް"އަކީ، ގާނޫނު ނަންބަރު 2020/34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު)ގެ ދަށުން އުފެދިފައިވާ "ދިވެހި ފުލުހުންގެ ހިދުމަތް" ކަމުގައި އެ ގާނޫނުގައި ބަޔާންކުރާތީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން ހިނގަމުންދިޔަ "މޯލްޑިވްސް ޕޮލިސް ސާވިސް"، އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ގޮތަށް ހަމަޖައްސަވާފައިވާ އޮތް އޮތުން މިއަހަރުގެ މާޗް މަހުގެ 21 ވަނަ ދުވަހުން ފެށިގެން ނިމުމަކަށް ގެންނައުމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.
އަދި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ ދަށުން އުފެދިފައިވާ "ދިވެހި ފުލުހުންގެ ޚިދުމަތް"އަށް ޒިންމާވާނެ ވަޒީރަކީ މިނިސްޓަ އޮފް ހޯމް އެފެއާޒް ކަމުގައި މިއަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާތީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ފުލުހުންގެ ހިދުމަތް ދިނުމުގެ އެންމެހައި ކަންކަމުގެ ޒިންމާ އުފުލައި، އަދި ފުލުހުންގެ ޚިދުމަތް ހިނގަމުންދަނީ އެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަން ކަށަވަރުކުރުމަށްޓަކައި، މިނިސްޓަ އޮފް ހޯމް އެފެއާޒު އަދާކުރައްވަން ޖެހިވަޑައިގަންނަވާ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖެއްސެވުމުގެ ކަންކަން، 2021 މާރިޗު 27 ވަނަ ދުވަހުން ފެށިގެންމިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކުރައްވަމުން ގެންދަވާ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށެވެ.
ކުރީގެ ޤާނޫނުގައި ބުނާގޮތުން ފުލުހުންގެ އެންމެހާ މަސްއޫލިއްޔަތެއް ބަލަހައްޓާނީ ހޯމް މިނިސްޓްރީންނެވެ. ނަމަވެސް މިހާރުގެ ގާނޫގައި ބުނާގޮތުން ވަކި މިނިސްޓްރީއަކުން ޒިންމާތަކާ ހަވާލުވާން ޖެހޭ ގޮތަށް ނޯވެ އެވެ. އެހެންކަމަށްވުމުން ފުލުހުންގެ ޒިންމާތައް އަނެއްކާވެސް އާގާނޫނުގެ ދަށުން ހަވާލު ކޮށްފައި މިވަނީ ހޯމް މިނިސްޓްރީއާ އެވެ.
ރައީސް އޮފީހުން މިފަދައިން ބަޔާނެއްގައި ނެރެފައިމިވަނީ ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކޮށްފައިވާ ކަމަށް ބުނެ މިނިސްޓަރު އިމްރާނަށް ފޮނުއްވާފައިވާ ސިޓީގެ އާއްމުވުމާއި ގުޅިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއި ކުރައްވާ 14 އޮކްޓޫބަރު 2021ގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ފޮނުއްވާފައިވާ ސިޓީގައިވަނީ ގާނޫނު ނަމްބަރު 5/2008 ދިވެހި ފުލުހުންގެ ޤާނޫނުގެ ދަށުން އުފައްދަވައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން ހިންގަމުންދާގޮތަށް ހަމަޖައްސަވާފައިވާ "މޯލްޑިވްސް ޕޮލިސް ސާވިސް" އަކީ ގާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ ދަށުން އުފައްދާފައިވާ "ދިވެހި ފުލުހުންގެ ހިދުމަތް" ކަމުގައި އެ ގާނޫނުގައި ބަޔާން ކުރާތީއާއި، އެ ގާނޫނުގައި ދިވެހި ފުލުހުންގެ ހިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ މުއައްސަސާއަކަށް ނުވާތީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން މޯލްޑިވްސް ޕޮލިސް ސާވިސް ހިންގަމުން ދާގޮތަށް ހަމަޖައްސާފައި އޮތް އޮތުން 2021 މާޗު 27 ވަނަ ދުވަހުގެ ފެށިގެން ނިމިމަކަށް ގެނެވިފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ގިނަ ބަޔަކު ދިޔައީ ސަރުކާރަށް ފާޑުކިޔަމުންނެވެ. މިކަމާއި ގުޅިގެން މިނިސްޓަރު އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކަންކަން އިސްލާހު ކުރުމަށް މަސައްކަތް ކުރަމުން އަންނައިރު ދިމާވާނެ ގޮންޖެހުންތަކާއި، ހުރަސްތައް ވަރަށް ގިނަ ވާނެކަމަށެވެ. އަދި މިފަދަ ކަންކަމުން ކާމިޔާބު ލިބޭނީވެސް ހިތްވަރާއިއެކު ކުރިމަތިލައި ކާމިޔާބަށް މަސައްކަތްކުރާ މީހުންނަށް ކަމަށް އިމްރާން ވަނީ ވިދާޅުވެފަ އެވެ.
ހަމަކަށަވަރުން މި ރީދޫ. ކުލައިގެ މީހުންނާ ދޫނިރާއްޖޭގެ ރައިއްޔިތުން ހަވާލުކުރި ސަރުކާރަކީ ދެއުޅިއެއްނުވާ ސަރުކާރެއް!
ތަމެންގެ ދެއުއިޅި އެއްނުވާ ސަރުކާރު އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ