ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.
ކޮވިޑަށް ފަރުވާ ހޯދަމުން ގެންދަނިކޮށް މަރުވެފައިވަނީ އުމުރުން 44 އަހަރުގެ ދިވެހި އަންހެނެކެވެ. އަދި އޭނާ މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާކުރަމުން ގެންދަނިކޮށް ރޭގެ ވަގުތެއްގަ އެވެ.
ރޭ މެންދަމު 3:15 ގައި އެމީހާ މަރުވިއިރު، އޭނާ ވަނީ މިއަދު ހެނދުނު 8:00 ގައި ވަޅުލާފަ އެވެ. މިއާއެކު ރާއްޖެއިން ކޮވިޑް ބަލީގަައި ނިޔާވި އަދަދު ވަނީ 240 އަށް އަރާފަ އެވެ.
މިބަލީގައި އެންމެ ފަހުން ރާއްޖެއިން މަރުވެފައިވަނީ އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެއްކެވެ.
ރޭގެ މަރާއެކު ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 240 އަށް އަރާފައިވާ އިރު، މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 223 ދިވެހީންނާއި 17 ބިދޭސީންނެވެ.
ސަރުކާރު ޖަވާބުދާރީކުރަން އެންމެ ބުރަ މަސައްކަތްކުރަނީ ޕީއެންއެފް
އަތޮޅުތަކާއި ރަށްތަކުގެ ބާރު ސަރުކާރުން ފޭރިގެންފި: ޔާމީން
ކަސްރަތު ކުރަން ކަންނެތް ވޭތަ؟ މިކަންކަން ކޮށްލާ!
