ރާއްޖެއަށް ސީދާ ދަތުރުތައް އިޓަލީގެ ނިއޮސް އެއާގެ ދަތުރުތައް ފެށުމަށް ނިންމައިފި އެވެ.
ނިއޮސް އެއާއިން ރާއްޖެއަށް ދަތުރުތަށް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ ވެސް ތިން ދުވަހުއެވެ. އެއީ އާދީއްތަ، ހޯމަ އަދި އަންގާރަ ދުވަހެވެ.
ނިއޮސް އެއާއިން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ ވައިޑް ބޮޑީ، 350 ސީޓުގެ މަތިންދާބޯޓެކެވެ.
ނިއޮސް އެއާއިން މީގެ ކުރިން ވެސް ރާއްޖެއަށް ދަތުރުތައް ބާއްވާފައިވެ އެވެ. ނަމަވެސް ކޮވިޑްގެ ހާލަތާ ގުޅިގެން އެ އެއާލައިނުން ރާއްޖެއަށް ބާއްވަމުން އައި ދަތުރުތައް ވަނީ މެދުކަނޑާލައިފަ އެވެ.
ކޮވިޑަށް ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ ގައުމުތަކުގެ ތެރޭގައި އިޓަލީ ހިމެނުނަސް ކޮވިޑަށް ފަހު އިޓަލީއިން ރާއްޖެއަށް އަންނަ ފަތުރުވެރިން ވަނީ މަދުވެގެން ގޮސްފަ އެވެ.
އާންމުންގެ އެހީއާއެކު 213،998 ރުފިޔާގެ އެހީ ދިރާގުން ހަދިޔާކޮށްފި
ކަނޑުއޮޅި ބަންދުކުރަން ނިންމުމުން ތެލުގެ އަގު މައްޗަށް
ޑެންގީގައި ހާލު ސީރިއަސްވި ޒުވާނަކު ނިޔާވެއްޖެ