އައްޑޫސިޓީގައި ތިބި އިންޑިޔާގެ ޓެކްނިކަލް މީހުން ގޮނޑުދޮށް ކޮނެގެން ގަވައިދާ ހިލާފަށް ވެލި ނަގަމުންދާ ފޮޓޯތަކެއް ސޯޝަލް މީޑިޔާގައި އާއްމު ކޮށްފި އެވެ.

މިމަންޒަރުތައް އާއްމު ކުރި ފަރާތުން ބުނެފައިވާ ގޮތުގައި ވަގަށް ވެލި ނަގަމުންދަނީ އައްޑޫސިޓީގެ މަހު ހަދަން އައިސްތިބި އެފްކޮން ކިޔާ ކުންފުނީގެ މީހުންނެވެ.

Adv by Coca Cola
Coca Cola
Adv by Villa Hakatha Pvt. Ltd
Villa Hakatha Pvt. Ltd

އެ ފޮޓޯތަކުން ފެންނަނީ ކުޑަ އެކްސްކަވޭޓަރެއް ބޭނުންކޮށްގެން ފުށްޓަރު ފަރާތު ގޮނޑުދޮށް ކޮނެ ވެލިނަގާ ބަސްތާތަކަށް އަޅަމުންދާ ތަނެވެ. ވެލި ނަގަމުންދަނީ ޕޮލިސް ޓްރެއިނިން ސްކޫލްގެ ގޮތުގައި އިންޑިޔާ އިން ހަދަމުންދާ ބޮޑު މިލިޓަރީ ބޭސްއާދިމާލުން ފުށްޓަރު ފަރާތުން ކަމަށް ވެސް އެ ފަރާތުން ބުންޏެވެ. އަދި އީޕީއޭ އާއި އެންވަޔަރަމަންޓް މިނިސްޓްރީއާއި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މިކަން ގެނެސްފައިވެ އެވެ.

އެ ވެލި ނަގަނީ ކީއްކުރަން ކަމެއް ވެސް ނޭނގޭ ކަމަށް އެ ފަރާތުން ބުނެ އެވެ.

މި ފޮޓޯތައް އާއްމުވުމުން ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބައެއް ފަރާތްތަކުން ބުނަމުންދަނީ އާއްމު ރައްޔިތަކު ގޮނޑުދޮށުން ވެލިކޮޅެއް ނެގިޔަސް އެ މައްސަލަ ބަލާ ޖޫރިމަނާ ކުރަމުންދާ ކަމަށާއި ނަމަވެސް އިންޑިޔާ ބަޔަކު ބަސްތާ ބަސްތާއިން ވެލި ނަގަމުންދާއިރު ވެސް އެއްވެސް ފިޔަވަޅެއް ނޭޅޭ ކަމަށެވެ. އައްޑޫ ސިޓީ ކައުންސިލުން ވެސް އަދި މިކަމާ ގުޅިގެން އެއްޗެއް ނުބުނެ އެވެ.

އިންޑިޔާއިން ގޮސް އައްޑޫގައި ތިބި ބަޔަކު މީގެ ކުރިން ވަނީ ބަޔަކު ފައިސާ ދީގެން އެއްކޮށްފައި ހުރި ދަރުތަކެއް ވެސް ވަގަށް ގެންގޮސްފަ އެވެ.