ދަތްޕިލާއަކީ ތިމާގެ ރީތިކަމުގައި ބޮޑު ހިއްސާއެއް އަދާކުރާ އެއްޗެކެވެ. ފުރިހަމަ ރީތިކަމެއް ބޭނުންނަމަ ރީތި ދަތްޕިލާއަކާނުލާ ފުރިހަމަ ނުވާނޭ ބުނެވިދާނެ އެވެ. ކިތަންމެ ރީތި މޫނެއް ލިބިފައި ވީކަމުގައި ވިޔަސް، ދަތްޕިލާ ގައި ކޮބަޑިޖަހާ ހަޑިވެފައި ހުންނަ ނަމަ އެރީތިކަމެއް ނުފެންނާނެ އެވެ. މި ލިޔުމުގައި މި ބަލާލަނީ ދަތްޕިލައިގެ ހުދުކަން އިތުރު ކުރަން ކުރެވިދާނެ ބައެއް ކަންކަމަށެވެ.

ފެހި ތަރުކާރީ ކެއުން

ބުރޮކޮލީ، ކަންކުން ފަތް، ސްޕިނަޗް ފަދަ ފެހިކަންގަދަ ތަރުކާރީއަކީ ދަތަށް ވަރަށް ފައިދާހުރި ކާނާ އެކެވެ. އެއީ އޭގެ ސަބަބުން ދަތުގައި ކުލަޖެހުމުގެ ފުރުސަތު ކުޑަކުރާތީ އެވެ. މިހެން މިވަނީ ސަލާމަތީ ފަށަލައެއް ދަތުގެ ބޭރުގައި އުފެދޭތީ އެވެ.

ގިނައިން ފެން ބުއިން

ފެންބުއިކަމަކީ ތިމާގެ ހަށިގަނޑުގެ ކޮންމެ ހިނގުމަކަށް ވެސް ފައިދާހުރި ކަމައެކެވެ. ހަމަ އެފަދައިން ކައިބޮއެ ނިމިގެން ފެންބުއިމަކީ ދަތުގައި ހަރުލާ ހަޑި ފިލުވައިދޭ ކަމެކެވެ. ފެން ދިރުވުމުގެ ކުރިން އަނގަތެރޭ ކުޑަކޮށް ފެންފޮދު ހަލުވާލާށެވެ.

ބޭކިން ޕައުޑަރު ބޭނުންކުރުން

ވަރަށް ގިނަ ޕްރޮޑަކްޓްސް ތަކުގައި ބޭކިން ޕައުޑާއަކީ ދަތް ހުދުކުރުމަށް ބޭނުންކުރާ ކެމިކަލް އެކެވެ. ބޭކިން ޕައުޑާ އަދި ލުނބޯހުތް އެއްކޮށް ލައިގެން ދަތް އުނގުޅާލުމުން ވެސް ދަތް ހުދު ވާނެ އެވެ.

ޗުއިންގަމް އަދި ހިކި މޭބިސްކަދުރު ހެފުން

ޒައިލިޓޮލް އެކުލެވޭ ޗުވިމްގަމް ހެފުމުންވެސް ދަތް ހުދުވެ އެވެ. މިކެމިކަލް އަކީ އަނގައިގެ ޕީއެޗް ލެވެލް ހަމަހަމަ ކޮށްދޭ އަދި ކުޅު އުފައްދައިދޭ މިންވަރު އިތުރުކުރުވާ ކެމިކަލްއެކެވެ. ނަތީޖާއަކީ އަނގަ ސާފުވުމެވެ. ކުޅު އިތުރުވުމުގެ ސަބަބުން، ޤުދުރަތީ ގޮތުން އަނގަދޮވެވެ އެވެ. މީގެ އިތުރުން ހިކި މޭބިސްކަދުރު ހެފުމުން ކޮބަޑި ފިލުވައިދީ، ދަތުގަ ކުލަޖެހުމުގެ ފުރުސަތު ކުޑަކުރެ އެވެ. އަދި ދަތްތައް ހުތުރުވުމުން ސަލާމަތްކުރެވޭނެ އެވެ.