މިދިޔަ މަހުގެ ދެ ވަނަ ދުވަހު ކުއްލި ގޮތަކަށް މަރުވި އެކްޓަރު ސިދާތު ޝުކްލާގެ ހަނދާނުގައި އޭނާގެ ލޯބިވެރިޔާ ޝެހެނާޒް ގިލް ކިޔާފައިވާ ހާއްސަ ލަވައެއް ނެރެފި އެވެ.

އިންޑިއާގެ އެންމެ މަގުބޫލު ރިއަލިޓީ ޝޯ ކަމަށްވާ ބިގްބޮސްގެ 13 ވަނަ ސީޒަންއިން ލަވަކިޔުންތެރިޔާ އަދި އެކްޓަރު ޝެހެނާޒް އާއި ސިދާތު އާ ދެމެދު ވަނީ ގާތް ގުޅުމެއް އުފެދިގެން ގޮސްފަ އެވެ.

ސިދާތުގެ މަރަށްފަހު ޝެހެނާޒުގެ ހާލަތު ވަރަށް ދަށްވެގެން ގޮސްފައިވާކަން އޭނާގެ އާއިލާއިން ހާމަކުރިއިރު އޭގެ ފަހުން މީޑީއާތަކުގެ ކުރިމައްޗަށް ނުކުންނަން ފަށާފައިވަނީ ޝެހެނާޒުގެ ކުރިއަށް އޮތް ފިލްމު ''ހޯންސްލާ ރަކް''ގެ ޕުރޮމޯޝަންތަކުގަ އެވެ.

ބިގް ބޮސްއިން ސިދާތުއާއި ޝެހެނާޒުގެ ބައެއް ހަނދާންތަކާއެކު ގެނެސްދީފައިވާ ''ތޫ ޔަހާން ހެއި'' ލަވަކިޔާފައިވަނީ ޝެހެނާޒްގެ އަޑުންނެވެ. މިލަވަ ނެރުނުތާ ކުޑަވަގުތު ކޮޅެއް ތެރޭގައި ތޭރަ މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ ބަލާފަ އެވެ.

https://www.youtube.com/watch?v=YhaG5GcCvA8

ބިގްބޮސް ޝޯގައި ޝެހެނާޒަށް ''ސަނާ'' ގެ ނަމުން އާއްމުކޮށް މުހާތަބު ކުރާއިރު ލަވައިގެ ތެރެއިން ޝެހެނާޒަށް ސިދާތު ''ސަނާ'' ކިޔައި ގޮވާލާ އަޑު ވަނީ ހިމަނައިފަ އެވެ.

މި ލަވައިން ގިނަބަޔަކަށް ވަނީ ސިދާތުގެ ހަނދާންތައް އާކޮށްދޭ އެލަވައަށް އަންނަނީ ގިނަ ބައެއްގެ ތަރުހީބު ލިބެމުންނެވެ.